އާފަތިސް ބަދިގެ: ޗީޒީ ވެޖީ ފްރިޓާޒް

މިވެސް ހަށިގަނޑަށް ފައިދާހުރި ފަސޭހައިން ތައްޔާރުކޮށްލެވޭނެ ބާވަތެކެވެ. ޗީޒީ ރަހަތަކަށް ލޯބިކުރާ މީހުންނަށް ވަރަށް ކަމުދާނެ ބާވަތަކަށް ވާނެވެ. ޗީޒީ ރަހަތަކާ ގަޔާނުވާ މީހުންނަށް ޗީޒް ނުލައިވެސް މިބާވަތް ތައްޔާރުކޮށްލެވިދާނެއެވެ. ޗީޒް ނުލާ ތައްޔާރު ކުރާނަމަ ރަހަ މީރު ކޮށްލުމަށް ޑްރައި ހާބްސް އަޅާ ލެވިދާނެއެވެ. 

ބޭނުންވާ ތަކެތި

  • 1 މީޑިއަމް ސައިޒް (700 ގްރާމް) ޒުކިނީ
  • 700 ގްރާމް ޗެޑަރ ޗީޒް ( ގާނާފައި) 
  • 60 ގްރާމް ސްވީޓްކޯން ދަޅެއް
  • 1 ބެލްޕެޕަރ ކުދިކޮށް ކޮށާފައި 
  • 2 ބިސް (ކުޑަކޮށް ގިރާފައި) 
  • ¾ ޖޯޑު ގޮދަންފުށް
  • މުގުރި އަސޭމިރުސް
  • 3 މޭޒުމަތީ ސަމުސާ ތެޔޮ (ތެލުލުމަށް)

ތައްޔާރު ކުރާނެ ގޮތް

1- ޒުކިނީ ކޮށާލުމަށްފަހު ބްލެންޑަރުން ހިމުން ކޮށްލާށެވެ. ދެން ޕޭޕަރ ޓަވަލެއް ދެފަށް ކޮށްލުމަށްފަހު އޭގެ މަތީގައި  މުގުރި ޒުކިނީ ފަތުރައިލާށެވެ. އިތުރު ދެ ޕޭޕަރ ޓަވަލު މުގުރައިފައިހުރި ޒުކިނީތައް މަތީގައި އަޅާލުމަށްފަހު ފިއްތާލައި ޒުކިނީގައި ހުރި ފެންތައް  އެއަށް ދަމައިލާށެވެ.

2- ފެންތައް ހިއްކާލައިފައި ހުރި ޒުކިނީތައް ބޮޑު ބޯތަށްޓަކަށް އަޅާލާާށެވެ. ދެން ތެޔޮ ފިޔަވައި ބޭނުންވާ ހުރިހާ ބާވަތްތައް ރަނގަޅަށް އެއްކޮށްލާާވެ. 

3- ބޮޑު ތަވަޔަކަށް ތެޔޮ ފޮދެއް އަޅައި ހޫނުކޮށްލުމަށްފަހު މޭޒުމަތީ ސަމުސަލަކުން ފްރިޓާ މިކްސް ނުވަތަ ފުށްގަނޑު ފަހަރަކު ބައެއް ތަވަޔަށް ލާށެވެ. ކޮންމެ ފްރިޓާ އަކަށް ދޮޅު ސަމުސާ ރަނގަޅު ވާނެއެވެ. އެއްފަހަރާ ދެތިން އެތި ތަވަޔަށް އެޅުމުން ރަނގަޅު ވާނެއެވެ. މާގިނައިން އެއްފަހަރާ އެޅުމުން އެކަތި އަނެކައްޗާ ތަތްލަވާ ގޮތްވާނެއެވެ. 

4- ފްރިޓާޒްތައް ފިހާނީ މީޑިއަމް ހީޓްގައި ބަހައްޓައިގެންނެވެ. އަޑިއަށް އޮތް ފަރާތް ފިހެވުމުން ފުށުން ޖަހާލާށެވެ. މިގޮތަށް ބްރައުން ކުލަ އަރާލަންދެން ފިހެލާށެވެ. ކޮންމެ ބައެއް ފިހެލަން ވުމުން އިތުރު ތެޔޮ ފޮދެއް ތަވަޔަށް އަޅާލަން ވާނެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.