ރައީސް ނަޝީދަށް ދިން ޙަމަލާއާ ގުޅިގެން ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް!

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ އިރާކޮޅު ދީފައިވާ ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި، މަޝްވަރާ ކުރައްވަމުން އެބަގެންދަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު ޢަޒީޒްވަނީ މިކަން ހާމަކުރައްވާފައެވެ.

އެހެންނަމަވެސް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތާއި ނިންމެވި ކަންކަމުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.