
މިރޭ އިރާކޮޅު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން އެމްއެންޑީއެފާއި ފުލުހުންގެ އެލަރޓް ލެވެލް މަތިކޮށްފިއެވެ.
ރައީސް ނަޝީދަށް ދިން ޙަމަލާގައި އެމަނިކުފާނުގެ ބޮޑީގާޑުގެގޮތުގައި ހަރަކާތެރިވި ސިފައިންގެ 3 މީހަކަށް ވަނީ އެކިވަރުގެ ހާނީއްކަވެފައެވެ. އެމްއެންޑީއެފްގެ އެލަރޓް ލެވެލް މަތިކުރިކަން އެފަރާތުންވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، މިރޭ ހިނގި ހާދިސާއާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ އެލާޓް ލެވެލް، ލެވެލް 3 އަށް މަތިކޮަށް ބޮޑު އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ވަނީ ފަށައިފައިކަމުގައެވެ.