
އަނެއްކާވެސް އިތުރު މީހަކު ކޯވިޑް-19ގައި ނިޔާވެ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 2 އަށް އަރައިފިއެވެ.
އެންމެފަހުން ނިޔާވެފައިވަނީ ޢުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. މިމީހާ ނިޔާވީ ޅ.ނައިފަރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް މިއަދު މެންދު 12:30 އެހައިކަންހާއިރުއެވެ. މިއީ ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި 76ވަނަ މީހާއެވެ.
ރޭވެސް ވަނީ މިބަލީގައި ރާއްޖެއިން މީހަކު ނިޔާވެފައެވެ. ރޭ ނިޔާވެފައިވަނީ ޢުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. ރޭ ދަންވަރު 03:18 ހާއިރު ނިޔާވި މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެކެވެ.
މިހާތަނަށް ރާއްޖެއިން މިބަލީގައި 66 ދިވެހިންނާއި 10 ބިދޭސީން ވަނީ ނިޔާވެފައެވެ.