
ރާއްޖެއިން އިތުރު 601 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ މިފަހުން ކޮންމެ ރެއަކު ރާއްޖެއިން ރެކޯޑު މިންވަރަކަށް މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވަމުންދާ ދިއުމަށް އިތުރުވި ބޮޅެކެވެ.
މިރޭ އަލަށް ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ޕޮޒިޓިވްވި 440 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 141 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 19 މީހުންނާއި ސިނާއި ރަށްރަށުން ޕޮސޒިޓިވްވި 11 މީހުންނެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 31,931 އަށް އަރާފައެވެ.
މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 6,508 މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 181 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ. މިރޭ އަލަށް މިބަލިން ރަނގަޅުވީ 126 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 25،340 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.