އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު-2 ގެ ފިރިކަލުން ޕްރިންސް ފިލިޕް އުމުރުފުޅުން 99 އަހަރުގައި އަވަހާރަވެެއްޖެ ކަމުގައި ބަކިންހަމް ޕެލަސްއިން އިއުލާންކޮށްފިއެވެ.
"އެކަމަނާގެ ލޮބުވެތި ފިރިކަލުން ޕްރިންސް ފިލިިޕް ޑިއުކް އޮފް އެޑިންބަރާ އަވަހާރަވެެއްޖެކަމުގައި ނުހަނު ފުން ހިތާޔާއެކު ރާނީ އިއުލާންކުރައްވައެވެ." ބަކިންހަމް ޕެލެސްގެ ބަޔާނުގައި ވެއެވެ.
"އޭނާ އަމާންކަމާއެކު އަވާހަރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ވިންޑްސަރ ކާސްލްގައެވެ." ރާނީގެ ރަސްމީ ގަނޑުވަރުން ނެރުނު ކުރު ބަޔާނުގައި ވެއެވެ.
ޑިއުކް އޮފް އެޑިންބަރާ، ޕްރިންްސް ފިލިޕް ވަނީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ދާދި ފަހުން ފަރުވާ ހޯއްދަވާފައެވެ. އޭރު އިނގިރޭސިވިލާތުގެ ނޫސްތަކުން އޭނާގެ ސިއްހީ ހާލުކޮޅާމެދު ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ނޫސްތަަކުން މަސައްކަތްކޮށްފައި ވަނީ ސިއްހީ ހާލުކޮޅާ މެދު ކިއުންތެރިންގެ ހިތްހަމަަޖައްސައިދެވޭތޯއެވެ.
ޕްރިންސް ފިލިޕް ވަނީ އިނގިރޭސިވިލާތާއި، ކޮމަންވެލްތާއި، ދުނިޔޭގެ އެތައް ޖީލެއްގެ ލޯބި ހޯއްދަވާފައި." 10 ޑައުނިންގް ސްްޓްރީޓްގައި ހުންނަވައިގެން ވާހަކަފުޅު ދައްކަވަމުން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވިއެވެ.
އޭނާގެ އަނބިކަނބަލުން އެލިޒަބަތު 1952 ވަނަ އަހަރު އިނގިރޭސިވިލާތުގެ ރާނީއަކަށް ވެވަޑައިގަތް ފަހުން 22 ހާސް ރަސްމީ ހަރަކާތުގައި ބައިވެވަޑައިގެެންފައިވާ ޕްރިންސް ފިލިޕް ވަނީ އޮގަސްޓް 2017 އިން ފެށިގެން ރަސްމީ ހަރަކާތްތަކުން އެއްފަރާތްވެވަޑައިގެންފައެވެ. އެހެންމަވެސް، ރާނީއެކު ބައެއް ފަހަަރު އާއްމުންނަށް ފެނިވަޑައިގަންނަވައެވެ.
ގްރީސް އަދި ޑެންމާކްްގެ ޝާހީ އާއިލާތަކަށް ނިސްބަތްވެވަޑައިގަންނަވާ ފްރިންސް ފިލިޕް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 10 ޖޫން 1921 ގައި ގްރީސްތގެ ކޯރްފޫގައެވެ.
ގްރީސްގެ ރަސްކަމުގައި ހުންނެވި އޭނާގެ ބޮޑުބޭބޭފުޅު ރަސްކަން ނިމުމަކަށް އައުމާއެކު އޭނާގެ އުމުރުފުޅުން 18 މަހުގައި އިނގިރޭސި އާގުބޯޓެއްގައި އާއިލާއާއެކު އޭނާ އިނގިރޭސިވިލާތަށް ގެނެވުނެވެ.
އޭރުގެ ވަލީއަހުދު އެޒިލަބަތާ ޕްރިންްސް ފިލިޕް ފުރަތަމަ ބައްދަލުވެވަޑައިގަތީ އޭނާގެ އުމުރުފުޅުން 18 އަަަހަރުގައެެވެ. އޭރު އެކަމަނާގެ އުުމުރުފުޅުން 13 އަހަރެވެ. ނޮވެންބަރު 1947 ގައި ކައިވެނި ބައްލަަވައިގަތް ދެކަނބަލުންނަށް 4 ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. އެއީ ވަލީއަހުދު ޕްރިންސް ޗާލްސް (72)، ޕްރިންސަސް އޭން (70)، ޕްރިންސް އެންޑްރޫ (61) އަދި ޕްރިންސް އެޑްވަޑް (57) އެވެ.