
ހަސަދައިގެ ފަނި ތިބާ ހިތުގައި އުޅުނަކަސް ފިލާ
އަސަރެއް އެއިން ނުވެސް ކުރެއޭ އަނެކަކަށް ހިލާ
އަސަރުން ނުބައި ތިބާގެ ހިތޭ އޮވެދަނީ މިލާ
މަސަލަސް އުފާތަކުން އަނެކާ ހިތް ނުދޭ ފިލާ
ނޯޓު: މިއީ އާދަމް ޢަބަދުއްރަޙުމާން، ހއ. އުތީމު ލިޔުއްވާ "ކޮށާރު" ކޮލަމެވެ. މި ކޮލަމް އޭނާ ލިޔުއްވާނީ ޅެންބަހުރުވައިންނެވެ. ކޮންމެ ކޮލަމެއްގައި ހިމެނޭނީ ދެ ބައިތެވެ.