ކޮލަމް ކޮށާރު - 2

ހަޔާތުގެ ސިއްރު ހޯދޭނީ އުސޫލެއް ބާއްޖަވެރި ހޮވިގެން
ގަޔާވާހެން ތަބާވާނޭ ގަވައިދެއް ހަރުދަނާ އޮވެގެން

ވަޔާގޮސް އަޒުމުތައް ފުނޑުފުނޑު ނުވާ ސާބިތުކަމެއް ލިބިގެން
ލަޔާގަތަކުން ޢަމަލު ސީދާ އަމާޒަށް ދާއިމީ ހިފިގެން


ނޯޓު: މިއީ އާދަމް ޢަބަދުއްރަޙުމާން، ހއ. އުތީމު ލިޔުއްވާ "ކޮށާރު" ކޮލަމެވެ. މި ކޮލަމް އޭނާ ލިޔުއްވާނީ ޅެންބަހުރުވައިންނެވެ. ކޮންމެ ކޮލަމެއްގައި ހިމެނޭނީ ދެ ބައިތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.