ކޮލަމް ކޮށާރު - 6

ޒަމާނުގެ ބުރުޖަހާ ގަޑިއާ ހިނގާ އެ ގަޑީގެ ހުރި ކަށްޓާ
ދަމާ ދެއަތުން އޮބައިގަނެގެން އެއެއް ނުލެވޭނެއޭ ހުއްޓާ

ސަމާލުވެގެން މިއޮތް ސީދާ މަގުން ކުރިޔަށް ހިނގަން ފައްޓާ
ހަމާގައި ދާ ޒަމާނާ އެކު ޖެހޭނީ ލާށެ ހިފަހައްޓާ


ނޯޓު: މިއީ އާދަމް ޢަބަދުއްރަޙުމާން، ހއ. އުތީމު ލިޔުއްވާ "ކޮށާރު" ކޮލަމެވެ. މި ކޮލަމް އޭނާ ލިޔުއްވާނީ ޅެންބަހުރުވައިންނެވެ. ކޮންމެ ކޮލަމެއްގައި ހިމެނޭނީ ދެ ބައިތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.