
ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންްޑް ޢުމްރާ މުޙައްމަދު ޞާލިޙު ބިން ޠާހިރު ބަންތަން މަގާމުން ދުރުކޮށްފިއެެވެ. އޭނާ މަގާމުން ދުރުކުރީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އާލުސުޢޫދު ނެރުއްވި ޝާހީ އަމުރަކުންނެވެ.
ޝާހީ އަމުރުގައި ވާގޮތުން ޙައްޖު އެންޑް ޢުމްރާ މިނިސްޓްރީއާ ވަގުތީގޮތުން ހަވާލުކުރައްވާފައި ވަނީ މިނިސްޓަރ އޮފް ސްޓޭޓް އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރު ޢިޞާމް ބިން ސަޢުދު ބިން ސަޢީދުއެެވެ.
މީގެ އިތުރަށް ސުޕްްރީމް އެޑްމިނިސްޓްރޭޓިވް ކޯޓުގެ ރައީސު ޝައިޚް އިބްރާހީމް ބިން ސުލައިމާން ބިން ޢަބްދުﷲ އައްރަޝީދުވެސް ވަނީ މަގާމުން ދުރުކުރައްވާފައެވެ. އަދި ޖެެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންގެ ވެރިޔާ ޢަބްދުލްހާދީ ބިން އަޙްމަދު އަލްމަންޞޫރީ އެ މަގާމުން ދުރުކުރައްވައި އެ މަގާމަށް ޢަބްދުލްޢަޒީޒު ބިން ޢަބްދުﷲ އައްދުޢައިޖު ވަނީ އައްޔަންކުރައްވާފައެެވެ.
މިއަދު ހައްޖު މިނިސްޓަރުގެ މަގާމުން ވަކިކުރެއްވި މުޙައްމަދު ޞާލިޙު ބަންތަން އެ މަގާމާ ހަވާލުވެވަޑައިގަތީ 2016 ވަނަ އަަހަރުގެ މޭަ މަހުގައެވެ. އަދި ސިވިލް އޭވިއޭޝަންގެ ވެރިޔާގެ މަގާމުން ދުރުކުރެއްވި ޢަބްދުލްހާދީ އަލްމަންޞޫރީ އެ މަގާމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުގެ މޭ މަހުގައެވެ.