މިހާރު މިއޮތް ސަރުކާރަކީ ކޯލިޝަނެއްގެ ތެރެއިން އުފެދުނު ސަރުކާރެއް ކަމަށާއި ކޯލިޝަންގެ ބައިވެރިންނާ ކޮންމެ ދުވަހަކު ވާހަކަ ނުދެކެވުނަސް ހަފުތާގެ ތެރޭގައި ވަރަށް ގިނަ ފަހަރަށް ވާހަކަ ދެކެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވަމުން މިއަދު އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ފަސް އަހަރު ނިމެންދެން ކޯލިޝަން ދެމި އޮންނާނެއެވެ. ކޯލިޝަންގެ ލީޑަރުންނާ އިހެކޭ އެއް ގޮތަށް ވާހަކަ ނުދެކެވެނީ ކޯވިޑް-19 ގެ ސަބަބުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ކޯލިޝަންގެ ގުޅުމާމެދު އެމަނިކުފާނުގެ ހިތްޕުޅަކު އެއްވެސް ސުވާލެއް ނެތެވެ. އަދި ކޯލިޝަން އުވައިލެއްވުުމުގެ ވިސްނުންފުޅެއްވެސް ނެތެވެ.