
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސް ސާލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އެހެންނަމަވެސް މިދަތުރުފުޅުގެ ތަފްޞީލެއް ހާމައެއް ނުކުރައްވައެވެ.
ރައީސްގެ ދެކަނބަލުން މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ވެސް ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ. ތައިރޮއިޑް ފަރުވާއަށް ވަޑައިގެން ރައީސް ސާލިހު ވަނީ ތައިރޮޑް އޮޕަރޭޝަން ވެސް ކުރައްވާފައެވެ.
އެ ފަރުވާއަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުއެވެ.