
ސައޫދީ އަރަބިއްޔާގެ ނޫހެއް ކަމުގައިވާ އޮކާޒުން ޚަބަރުދޭ ގޮތުގައި މިއަހަރު (1442 ވަނަ އަހަރު) ޙައްޖުގެ އަޅުކަން އަދާކުރުމަށް ދެވޭނީ ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހާފައި ތިބުމަށެވެ.
އެ ނޫހުން ބުނެފައިވާ ގޮތުގައި މިކަން ހާމަކޮށްފައި ވަނީ ސައޫދީ ހެލްތު މިނިސްޓަރު ތައުފީޤު އައްރަބީޢާ ސިއްޙީ ދާއިރާގެ މަސައްކަތްތެރިންނަށް ފޮނުއްވި މެމޯއެއްގައެވެ.
ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި މައްކާއާއި، ހައްޖުގެ މަޝްޢަރުތަކާއި، މަދީނާގެ ސިއްހީ ދާއިރާގައި ހައްޖު މޫސުމަށް އެކަށީގެންވާ އިންސާނީ ވަސީލަތްތައް ދުރާލާ ތައްޔާރުކުރުމަކީ މުހިއްމު ކަމެެކެވެ.
"ކޮރޯނާ ވައިރަސް ވެކްސިން ޖަހާފައި ހުރުމަކީ ޙައްޖުގައި ބައިވެރިވާ ކޮންމެ މީހަކު ކުރަންޖެހޭ ކަމެއް ކަމުގައި ހަދާ." ޙައްޖުު ތައްޔާރީތަކާ ގުޅޭގޮތުން ސިއްހީ މަސައްކަތްތެރިންނަށް އެންގެވި އެންގެވުމުގައި ވެއެވެ.
ކޮވިޑް-19 ބަލިމަޑުކަން ފަތުރާ ނޮވެލް ކޮރޯނާ ވައިރަސް ދުނިޔޭގައި ފެތުރެން ފެށިފަހުން ޙައްޖުގެ އަޅުކަން ފުރަތަމަ ފަހަރަށް އަދާކޮށްފައި ވަނީ 1441 ވަނަ އަހަރުގައެވެ. އެ އަހަރު ވެފައިވާ މި ފަހުގެ ތާރީޚެއްގައި އެންެމެ މަދު މީހުން ޙައްޖުގެ އަޅުކަން އަަދާކުރި އަހަރަށެވެ. އެ އަހަރު ސައޫދީ ސަރުކާރުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ހުއްދަދީފައި ވަނީ 10 ހާސް މީހުންނަށެވެ.
މި ހިނގާ 1442 ވަނަ އަހަރުގެ ޙައްޖު އަޅުކަމާ ގުޅޭ ތަފްސީލުތައް ސައޫދީ ސަރުކާރުން އަދި ހާމަކޮށްފައި ނުވެއެވެ.