26 April 2024 (Friday) - 11:32

ކޮމިއުނިކޭޝަން މިނިސްޓްރީ ހިންގެވުން ފައްޔާޒާ ޙަވާލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޯލޮޖީ ވަގުތީގޮތުން ހިންގެވުމަށް މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާ ހަވާލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނަވާފައި ވަނީ 2021 މާރިޗު 1 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ މަޤާމުގައި ހުންނެވި އަލްފާޟިލް މުޙައްމަދު މަލީޙް ޖަމާލްގެ އިތުބާރުނެތްކަމަށް ފާސްކުރައްވާފައިވާތީ، ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ މަޤާމުން މުޙައްމަދު މަލީޙް ޖަމާލް މިއަދު ވަކިފެފައިވާތީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.