
ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ޙަސަން މަނިކު (ޙަސަން ޢަލީ މަނިކު - ހ. ރޯޝަން ލޭން) ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ ކޯވިޑް-19 އަށް ފަރުވާ ދެމުން ދަނިކޮށް ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.
ނިޔާވީ އިރު ޙަސަބން މަނުިކުގެ އުމުރަކީ 67 އަހަރެވެ. އޭނާއަށް 68 އަހަރު ފުރޭނީ މި އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ.
ޙަސަން މަނިކަކީ ރާއްޖޭގައި އެއް ދުވަސްވަރެއްގައި ވަރަށް ބޮޑަށް ވިދާލި އެކްޓަރެކެވެ. ފިލްމާއި ޑްރާމާ ތަކުގައި މަސައްކަތް ކޮށްފައިވާ ކުޅަދާނަ ފަންނާނެކެވެ. ޙަސަން މަނިކޫ މަޝްހޫރު ފީބޯ އަޙްމަދު މަނިކާއެކު ކުޅެފައިވާ ހެއްވާ ޑްރާމާތަކާއި "ބަޚަބަރު" ފަދަ ޝޯތަކަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އޭނާ ފާހަގަ ކުރެވިފައި ވަނީ ސްކްރިޕްޓަކާ ނުލައި މަންޒަރުތައް ކުޅޭ، ވަގުތުން އަމިއްލަ ޑައިލޮގް ބޭނުންކުރާ ހުނަރުވެރިއެއްގެ ގޮތުގައެވެ.