
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޖަސްޓިސް ރިޓަޔާޑް އަލްއުސްތާޛް މުޖުތާޛު ފަހްމީ އވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވީ ރޭ މެންދަމު 2:00 އެހައިކަންހާއިރުކަމަށް ޢާއިލާއާ ޙަވާލާދީ ބައެއް މީޑިއާތަކުގައި ވެއެވެ. އަވަހާރަވީ ކޮވިޑް-19އަށް ޕޮޒިޓިވްވެ ޙާލުކޮޅު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.
މުޖުތާޛު ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ ލ.އަތޮޅަށް ޗުއްޓީއަކަށް ވަޑައިގެންނެވުމަށްފަހު ހޯމްކަރަންޓީންގައި ހުންނަވަނިކޮށެވެ. ރޯގާގެ އާލާސްކަންފުޅެއް ޖެހިވަޑައިގެން ކޮވިޑް-19އަށް ޓެސްޓުކުރެއްވިއިރު އެބައްޔަށް ޕޮޒިޓިވިއެވެ. ލ.ގަމުގައި ހުންނަ ކޮވިޑް މެޑިކަލް ފެސިލިޓީއަށް އޭނާ ގެންގޮސް ފަރުވާދިނުމަށްފަހު ނޭވާލާން ދަތިފުޅުވުމުން ވަގުތުންލެ އަށް ބަދަލުކޮށް ދަރުމަވަންތަ ހޮސްޕިޓަލުގައި މުޖުތާޛު ފަހްމީއަށް ފަރުވާދީފައިވެއެވެ.
އޮނަރަބަލް އަލްއުސްތާޛް މުޖުތާޛު ފަހްމީ ވަނީ 18 ސެޕްޓެންބަރު 2008 އިން 10 އޮގަސްޓު 2010 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.