އެމެރިކާ ފަހަތަށް ޖައްސާލައި 2028 ވަނަ އަހަރު ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދަށް ވާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ. އެއީ ކުރިން ލަފާކުރެވިފައި އޮތް ވަރަށްވުރެ 5 އަހަރު ކުރިންނެވެ. ކޮވިޑް-19 އިން އަރައިގަތުމުގައި ދެ ގައުމުގެ ދެެމެދުގައި ހުރި ބޮޑު ތަފާތުގެ ސަބަބުން ޗައިނާގެ ކޮޅަށް ތިލަފަތް ބަރުވީ ކަމުގައި ދިރާސާގައި ބުނެފައި ވެއެވެ.
"އެމެރިކާއާއި ޗައިނާއާއި ދެމެދު ކުރިއަށް އިގުތިސާދީ އަަރައިރުން ދުނިޔޭގެ އިގުތިސާދުގެ މައިގަނޑު ސިފަކަމުގައި ވެފައި އޮންނަތާ ދުވަސްގަނޑެއް ވެއްޖެ." އިނގިރޭސިވިލާތުގައި ހުންނަ ސެންޓަރ ފޯ އިކޮނޮމިކްސް އެންޑް ބިޒިނެސް ރިސާޗް (ސީއީބިީއާރް) އިން އިއްޔެ ނެރުނު 2020 ވަނަ އަހަރުގެ ރިޕޯޓުގައި ވެއެެވެ.
"އެހެންނަމަވެސް، ކޮވިޑް-19 ވަބާާއާއި، އަވަބާގެ އަސަރުން ޗައިނާގެ ކޮޅަށް ތިލަފަތް ބަރުވެފައިވާކަން ޔަގީން." ރިޕޯޓުގައި ވެއެވެެ.
ޗައިނާއިން، ހަރުކަަށި ލޮކްޑައުންތައް ފަދަ ފިޔަވަޅުތަކާއެކު ކޮވިޑް-19 އާއި މެދު ހުނަރުވެރިކަމާއެކު އަމަލުކޮށްފައި ވާއިރު، ހުޅަނގުގެ ގައުމުތަކުގެ ދިގު މުއްދަތުގެ އިގުތިސާދީ ކުރިއެރުމަށް އެ ބަލީގެ ނުބައި އަސަރު ވަރަށް ބޮަޑަށް ކުރިކަން ސީއީބީއާރްގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
2021 އާއި 2025 އާ ދެމެދު ޗައިނާގެ އިގުތިސާދު އަހަރަކު %5.7 ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު، ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި 2026 އިން 2030 އަށް ޗައިނާގެ އިގުތިސާދު ކުރިއަރާނީ އަހަަރަކު % 4.5 ގައެވެ.
މިހާރު ދުނިޔޭގެ އިގުތިސާދީ އެންެމެ ބޮޑު ބާރުގެ ގޮތުގައި އޮތް އެމެރިކާ 2021 ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ %1.9 އެވެ. އަދި 2022 އިން 2024 އަށް އެމެރިކާގެ އިގުތިސާދު ކުރިއަރާނީ އަހަރަކު %1.6 އެވެ.
ސީއީބީއާރްގެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ތިންވަނަ އިގުތިސާދުގެ ގޮތުގައި 2030 ވަނަ އަހަރާއި ހަމައަށް ޖަޕާން އޮންނާނެއެވެ. އެއަހަރު އިންޑިޔާ ދުނިޔޭގެ 3 ވަނަ އިގުތިސާދަށް ވާއިރު، ހަތަރުވަނައަށް ޖަޕާނު ވެއްޓޭނެއެވެ. އަދި ފަސް ވަނަައިގައި އޮންނާނީ ޖަރުމަނެވެ.
ސީއީބީއާރްގެ ޑެޕިއުޓީ ޗެއާމަން ޑަގްލަސް މެކްވިލިއަމްސް ވިދާޅުވި ގޮތުގައި އެ ސެެންޓަރުގެ މިއަހަރުގެ ރިޕޯޓުގެ "ބޮޑު ޚަބަރަކަށް" އޮތީ ޗައިނާގެ އިގުތިސާދު ދުވެލި އަަވަސްކަމެވެ.
"ފަސްް އަހަރަށް (2020-2025 އަށް) ޕްލޭންކޮށް ބަލާއިރު، ޗައިނާއަކީ ފަރުދުންގެ އާމްދަނީ މަތި ގައުމަކަށް ބަދަލުވާނެކަމަށް އަހަަރުމެންނަށް ގަބޫލުކުރެވޭ. އަދި އަހަރުމެން އެއް އަހަރު ކުރިން އަންދާޒާކުރި ވަަަރަށް ވުރެ ފުރިހަމަ ފަސް އަހަރު ކުރިން އެމެރިކާއަށް ވުރެ ކުރިއަށް އެ ގައުމުގެ އިގުތިސާދު އަރާނެކަމަށް އަހަރުމެންނަށް ގަބޫލުކުރެވޭ." އޭނާ ވިދާޅުވިއެވެ.
"މި ވަބާގެ ތެރޭގައި ނިސްބަތުން ކަންކަން ގޯސްކޮށް ދިޔަ ހުޅަނގުގެ ސިޔާސަތު އެކުލަވާލާ ފަރާތްތަކަށް އަހަރުމެން ދޭން އޮތް ފިލާވަޅަކީ އެ މީހުން އެއްބަޔަކު އަނެއް ބަޔަކަށް ބެލުމުގެ ބަދަލުގައި އޭޝިޔާގައި ކަންކަން ހިނގާ ގޮތަށް ސަމާލުކަން ދޭށޭ." މެކްވިލިއަމްސް ވިދާޅުވިއެވެ.