އިސްރާއީލުން ހިފަހައްޓާފައި ހުރި ފަލަސްޠީނުގެ 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ޓެކްސް ފައިސާ ފަލަސްޠީނާ ހަވާލުކޮށްފިއެވެ.
މިއީ ހުޅަނގު އައްސޭރީގެ ބައިތަކެއް ރަސްމީގޮތުުން އިސްރާއީލުގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަަތަންޔާހޫ ބުނުމާ ގުޅިގެން ފާއިތުވި ޖޫންމަހު އިސްރާއީލު ސަރުކާރާ މުއާމަލާތްކުރުން ހުއްޓާލިފަހުން ނުދީ ހުރި ފައިސާއެވެ.
ފަލަސްޠީނުގެ ސިވިލް އެފެއާޒް މިނިސްޓަރު ޙުސައިން އައްޝައިޚް ވިދާޅުވި ގޮތުގައި އިސްރާއީލުން ވަނީ 3.77 ބިލިއަން ޝެކެލް (1.14 ބިލިއަން އެމެރިކާ ޑޮަަލަރު) ޕެލެސްޓީނިއަން އޮތޯރިޓީގެ އެކައުންޓަށް ޖަމާކޮށްފައެވެ.
މިއަދަދަކީ އިސްރާއީލުން ބައެއް ނެގުމަށް ފަހު ދިން އަަދެދެކެވެ. އިސްރާއީލުގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ބުނި ގޮތުގައި އާދީއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ފަލަސްޠީނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 600 މިލިއަން ޝެކެލް (181 މިލިއަން އެމެރިކާ ޑޮލަރު) އުނިކުރުމަށެވެ.
1990 ވަނަ އަހަރު ފަަލަސްޠީނާ އިސްރާއީލާ ދެެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ފަލަސްޠީނުން އިމްޕޯޓުކުރާ އަދި އެކްސްޕޯޓުކުރާ މުދަލަށް ޓެކްސް ނަގާނީ އިސްރާއީލުންނެވެ. އަދި މި ޓެކްސް ފައިސާއިން ކަމިޝަންގެ ގޮތުގައި %3 ކެނޑުމަށް ފަހު ބާކީ ފައިސާ ފަަލަސްޠީނާ ހަވާލުކުރަން ޖެެހެއެެވެ.
މި ފައިސާ ހަވާލުކުރަން އޮންނަނީ މަހަކު އެއް ފަހަރުއެެވެ. ޓެކްސް ފައިސާގެ ގޮތުގައި ފަލަސްޠީނު ސަރުކާރަށް އެވްެރެޖްކޮށް މަހަކު 180 މިލިއަން ޑޮލަރު ލިބެއެވެ. މިއީ ފަަލަސްޠީނު ސަރުކާރަށް އެންެމެ ބޮޑު އާމްދަނީއެއް ލިބޭ ވަސީލަތެވެ.
އިސްރާއީލުން ޓެކްސް ފައިސާ ހިފަހައްޓާފައި ހުރުުމުގެ ސަބަބުން ފާއިތުވި މަސްތަކުގައި ފަލަސްޠީނު ސަރުކާރުގެ 1 ލައްކަ 30 ހާސް މުވައްޒަފުންނަށް ވަނީ މުސާރަ ނުދެވިއެެވެ.
ފަލަސްޠީނު ބޮޑުވަޒީރު މުޙައްމަދު އިޝްތައްޔާ މި ހަފުތާގެ ކުރީކޮޅު ވިދާޅުވެފައި ވަނީ ފައިސާ ލިބުމާއު މުވައްޒަފުންނަށް ނުލިބި ހުރި މުސާރަ އެކުގައި ދޭނެކަމަށެވެ.