ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ބޭނުން ކުރަނީ ތަފާސް ހިސާބު: ރައީސް ނަޝީދު

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ބޭނުންކުރަމުންދަނީ ތަފާސް ހިސާބުކަމަށް ރައްޔިތުންގެ  މަޖިލީހިގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތަފާސް ހިސާބު ދުވަސް ފާހަގަ ކުރުމަށް ބޭއްވި އޮންލައިން ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ އާއްމު ސިއްޙަތުގައި ތަފާސް ހިސާބުގެ މުހިންމުކަން ވަރަށް ބޮޑުކަމަށެވެ. މަޖިލީހުގެ ރައިސް ވިދާޅުވީ ކޯވިޑުން އެކަން ކަށަވަރުވެގެން ގޮސްފައިވާކަމަށެވެ. އެބަލިމަޑުކަމުން އަރައުގަތުމަށް އެއްވެސް ހަކީމީ ބޭހެއް ބޭނުން ނުކުރާ ކަމަށާއި ބޭނުން ކުރުމުން ދަނީ ތަފާސް ހިސާބުކަމަށެވެ.

"މިއަކު ބޭސްވެރިކަން ނެތްކުޑަކޮށް ވެސް. އޮތީ ހުސްތަފާސް ހިސާބު، ގައިދުރުކުރުން، އަދަދެއް ގުނުން، ދެންވީގޮތް ބެލުން،  މިކަމަށް އޮތީ ސްޓެޓިސްޓިކަލް ފަރުވާ، އެއީ އަކުރުގެ ފަރުވާއެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ތަފާސް ހިސާބަކީ ސިޔާސީ ބޭފުޅުންނަށްވެސް ވަރަށް މުހިންމު އެއްޗެއްކަން ފާހަގަ ކުރައްވައި ސިޔާސީ ބޭފުޅުންނަށް ފަތާސް ހިސާބު ބޭނުންވާ ސަބަބުގެ މިސާލުތައްވެސް ދެއްކެވިއެވެ. ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ތަފާސް ހިސާބުގެ މުހިންމުކަން ވެސް ފާހަގަ ކުރެއްވިއެވެ.

ތަފާސް ހިސާބުގެ ދުނިޔޭގެ ތާރީޚާއި އަދި ރާއްޖޭގެ ތާރީޚަށްވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވައިފައެވެ. މިހާރު މަޖިލީހުގައި އޮތް ތަފާސް ޤާނޫނުގެ ބިލާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އެބިލް މަޖިލީހުން ފާސްކުރަން ވަރަށް ބޮޑަށް ވެސް ލަސްވެފައިވާކަމަށެވެ. އެ ބިލަކީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީގެ ދަށުން އިންތިޤާލީ މަރުޙަލާގެ ބިލްތަކުގެ ތެރޭގައި ހިމެނޭ ބިލެވެ. މަޖިލީހުގެ ކޮމެޓީ މަރުޙަލާގައި އޮތް ބިލުގައި ވާގޮތުން، ބިލް ގާނޫނަކަށް ވުމުން، ތަފާސް ހިސާބުގެ ކަންކަން ބެލެހެއްޓުމަށް ވަކި މިނިވަން މުއައްސަސާއެއް އުފައްދަންޖެހޭނެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.