ބޮޑުވަޒީރު ޖަސިންޑާ އާޑާން ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރައްވައިފި

ނިއުޒީލޭންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑާންގެ ލޭބަރ ޕާޓީ އެގައުގައި މިއަދު ބޭއްވި އާއްމު އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.

ވޯޓުގެ ގާތްގަނޑަކަށް %97 ގުނިފައިވާއިރު، ލޭބަރ ޕާޓީން ވަނީ ގާނޫނުަހަދާ މަޖިލީހުގެ 120 ގޮނޑީގެ ތެރެއިިން 64 ގޮނޑި ކާމިޔާބުކޮށްފައެވެ. މިއީ ނިއުޒީލޭންޑުން 1996 ވަނަ އަހަރު ޕްރޮޕޯޝަަން ރެޕްރެޒެންޓޭޝަނުގެ އުސޫލު (ޕާޓީއަށް ވޯޓު ލިބޭ ނިސްބަތުން ގޮނޑި ލިބޭ އުސޫލު) އިޚްތިޔާރުކުރި ފަހުން އެގައުމުގެ ގާނޫނުހަދާ މަޖިލީހު އަޣުލަބިއްޔަތު އެއް ޕާޓީއަކުން ހޯދާ ފުރަތަމަ ފަހަރެވެ.

"އަހަރުމެންނަަށް ގިނަ ބަޔަކު ވޯޓުދީފި. އެ އެންމެންނަށް ޝުކުރު އަދާކުރަަން. އެމީހުން ވަނީ ނިއުޒީލޭންޑު ދަތިތަކުން އަރައިގަތުމަށް އަހަރުމެން މިކުރާ މަސައްކަތުގައި އަހަރުމެންނަށް އިތުބާރުކޮށްފައި." އޭނާއަށް މަރުހަބާ ކިއުމަށް އެެއްވެ ތިބި ގިނަ އަދަދެއްގެ މީހުންނާ މުޚާޠަބުކުރައްވައި ބޮޑުވަޒީރު އާޑާން ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ފާއިތުވި 50 އަހަރުގެ ތެރޭގައި ލޭބަރ ޕާޓީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

"މިއީ ވަރަށް ބޮޑު ބަދަލެއް". މިއީ ނިއުޒީލޭންޑު އިންތިޚާބު ތަކުގެ ފާއިތުވި 80 އަހަރުގެ ތާރީޚުގައި ވޯޓަށް އައި އެންެމެ ބޮޑު ބަދަލުކަން ފާހަގަކުރައްވަމުން ވެލިންޓަންގެ ވިކްޓޯރިޔާ ޔުނިވަސިޓީގެ ބްރައިސް އެޑްވަޑްސް ވިދާޅުވިއެވެ.

ވޯޓުގެ ނަތީޖާ ދައްކާ ގޮތުން ލޭބަރ ޕާޓީން ވަނީ ވޯޓުގެ %49 ކާމިޔާބުކޮށްފައެވެ. އެންމެ ގާތުން ވާދަކުރި އިދިކޮޅު ޕާޓީ، ނޭޝަނަލް ޕާޓީއަށް ލިބުނީ %26 އެވެ.

މިއަހަރުގެ މާރިޗު މަހުގެ ތެރޭަގައި ކްރައިސްޓްޗާޗުގެ ދެ މިސްކިތަަކަށް ދިން ޓެރަސްރިސްޓް ހަމަލާއަށް ފަހު ދެއްކެވި ޒައާމަތުގެ ވަރުގަދަކަމާއި، ނިއުޒީލޭންޑުގައި ކޮވިޑް- 19 ކޮންޓްރޯލްކުރުމަށް ގެންގުޅުއްވި ހަރުދަނާ ސިޔާސަތުގެ ސަަބަބުން އާއްމުންގެ މެދުގައި އާޑާން މަަގުބޫލުކަން ވަނީ އިތުރުވެފައެވެ. ނަމަވެސް، އޭނާ ވަނީ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދެއްކި ނަތީޖާއަށްވުރެ މާ ވަރުގަަދަ ކާމިޔާބީއެއް މި އިންތިޚާބުގައި ހޯއްދަވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.