
އައިޖީއެމްއެޗްގެ 27 މުއައްޒަފަކު ހޯމް ކަރަންޓީނު ކޮށްފިއެވެ. މި ހަތް މުއައްޒަފުންގެ ތެރޭގައި ހިމެނެނީ 2 ބަޔޯމެޑިކަލް އިންޖިނޭރުންނާއި، 18 ނަރުހަކާއި 7 ޑޮކްޓަރެކެވެ. މި މުއަައްޒަފުންނަށް ކަރަންޓީނު ކުރެވުނީ ހުކުރު ދުވަހު އެ ހޮސްޕިޓަލުގެ އައިސީޔޫ އިން ފަސް ބަލި މީހަކަށް ކޯވިޑް ޖެހުމާ ގުޅިގެން ހެދުނު ކޮންޓެކްޓް ޓެރޭސިންގެ ތެރެއިންނެވެ.
ޑރ. ނަޒީމް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި އައިސީޔޫ އިން ފަރުވާ ދެވި ވޯޑްތަކަށް ބަދަލުކުރެވިފައި ތިބި މީހުން ވެސް މިހާރު ޓެސްޓްކުރެވުމުންދާ ކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ. ޓެސްޓުކުރާ މީހުންެގެ ތެރޭގައި ބަލި މީހުންގެ ތިމާގެ މީހުންވެސް ހިމެނޭ ކަމަށެވެ. އަދި މި ވަގުތު އައިސީޔޫ ޑިސްެއިންފެކްޓުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.