
ކޯވިޑް 19 އަށް ޓެސްޓްކުރި 1534 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި ޢަދަދު މިއަދު އުޅެނީ 51 ގައެވެ.
މިއަދުގެ ޢަދަދުގައި އުޅެނީ 33 ދިވެހިންނާއި 18 ބިދޭސީންނެވެ. މިޢަދަދާއެކު ކޯވިޑް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 11113 އެކެވެ. މިއަދުގެ ޢަދަދުގެ ތެރެއިން ފަސް މީހަކު ފިޔަވައި އެންމެންނަކީ ވެސް މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުންނެވެ.
ބަލިޖެހި ޝިފާ ލިބުނު މީހުންގެ ޢަދަދު 9931 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 1140 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 54 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 400 މީހުންނެވެ.
މިހާރު އަތޮޅުތަކުގެ 18 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ މީހުންގެ ޢަދަދަކީ 146 އެވެ. މިވަގުތު 19 ރިސޯޓެއްގައި 15 ޓޫރިސްޓަކާއި 22 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ.