
ހުޅުމާލޭގައި ދައުލަތުން ކުޑަކުދިން ބަލަޙައްޓަމުންދާ މަރުކަޒު، ފިޔަވަތިން އަށް ކުއްޖަކާއި ކުދިން ބަލަހަށްޓާ ހަ މީހަކު ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ ފިޔަވަތިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ކުދިން ބަލަހަޓާ މީހެއްކަމަށެވެ. އޭނާ ޕޮޒިޓިވްވީ މިމަހު ފުރަތަމަ ދުވަހުއެވެ.
އެ ކޭހާ ގުޅިގެން 54 ކޮންޓެކްޓެއް ދެނެގަނެވި، ކަރަންޓީނު ކުރެވުނު ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. އޭގެތެރެއިން 19 ސާމްޕަލެއް ޓެސްޓް ކުރުމުން އެއްކުއްޖަކާއި ކުދިން ބަލަހައްޓާ މިހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ރެންޑަމް ސާމްޕަލްތަކާ ކަރަންޓީނުގައި ތިބި ކުޑަކުދިންގެ ސާމްޕަލްތަކެއް ނަގައިގެން ކުރި ޓެސްޓްތަކުން ހަތް ކުއްޖަކާއި އަދި ކުދިން ބެލެހެއްޓުމުގައި ހަރާކާތްތެރިވި ތިން ފަރާތެއް އިއްޔެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ވެސް ޑރ ނަޒްލާ ވިދާޅުވިއެވެ. މިއަދު ވެސް ކުދިން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އިތުރު މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ފިޔަވަތިން ގިނަ ބަޔަކު ޕޮޒޮޓިވް ވިއަސް، ގިނަމީހުންނަކީ ކޮންޓެކްޓުންގެ ތެރެއިން ފާހަގަ ކުރެވި ކަރަންޓީން ކުރެވިފައިވާ މީހުންކަން ޑރ. ނަޒްލާ ފާހަގަ ކިރެއްވިއެވެ. އިތިރަށް ބަލި ފެތުރުނަ ނުދިނުމަށް ފިޔަވަތީގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފައިވާކަމަށް ވެސް ޑރ ނަޒްލާ ވިދާޅިވިއެވެ. ފިޔަވަތިން ޕޮޒިޓިވްވި ކުދިންނާއި މުވައްޒަފުން މިހާރު ވަނީ ފެސިލިޓީސްތަކަށް ގެންގޮސްފައެވެ.
މިއަދު މުޅި ރާއްޖެއިން އަލަށް ބައްޔަށް ޕޮޒިޓިވްވީ 35 މީހުންނެވެ. އެއީ 30 ދިވެހިންނާއި ފަސް ބިދޭސީންނެވެ.