މިފްކޯގެ މަހުގެ ސްޓޯރޭޖް 10000 މެޓްރިކް ޓަނަށް އިތުރު ކުރުމުގެ މަޝްރޫޢެއް މިހާރު ވަނީ ފެށުމުގެ މަގުމަތީގައި: ޢަމްރު

މިފްކޯގައި މަސް ރައްކާކުރުމުގެ ޖާގަ އިތުރު ކުރުމުގެ ގޮތުން 10000 މެޓްރިކް ޓަނުގެ ސްޓޯރޭޖެއް ގާއިމު ކުރުމަށްޓަކައި 30 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަން ތައްޔާރު ވެފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ. އޭނާ މިހގެން ވިދާޅުވެފައި ވަނީ މިހާރު ކުރިއަށް ދާ އެސްޓީއޯ އަހަރީ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޢަމްރު ވިދާޅުވި ގޮތުގައި މިފްކޯއަށް ގެއްލުންވުމުގެ މައްސަލައަކީ އެސްޓީއޯއަށް ކުރިމަތި ވެފައި އޮތް ވަރަށް ބޮޑު މައްސަލައެކެވެ. މިދިޔަ އަހަރު އެކަނިވެސް 116 މިލިއަން ޑޮލަރު މިފްކޯއަށް ގެއްލުންވީ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފްކޯއަށް ގެއްލުންވާ އެންމެ ބޮޑު ސަބަބަކީ މަސް ގަންނަ އަގަށްވުރެ ހެޔޮ އަގަކަށް ދުނިޔޭގެ ބާޒާރަށް މަސް ވިއްކަން ޖެޔހުމެވެ." ޢަމްރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މަސް ދުނިޔޭގެ ބާޒާރުގައި މަދުވީމާ އަގު އުފުލޫ ގޮތް ވެއެވެ. އެކަމަކު އެހެން ހެދޭނީ ރާއްޖޭގައި މަސް ރައްކާ ކުރެވޭނޭ އިތުރު ޖާގަ ހުރެގެންނެވެ. ޖާގަ ނެތުމުގެ ސަބަބުން ލިބޭ މަސް ބޭރު ކުރަން މަޖުބޫރު ވަނީއެވެ. އެކަމަކު ޢަމްރު ވިދާޅުވި ގޮތުގައި މިހާރު ހުރި 3000 މެޓްރިކް ޓަނުގެ ޖާގަ 10000 އަށް ބަދަލު ކުރުމުގެ ބޭނުމަކީ ރާއްޖޭގައި ރައްކާ ކުރެވޭ މަހުގެ އަދަދު އިތުރު ކުރުމެވެ. އޭގެ ސަބަބުން ލިބޭ ހުރިހައި މަހެއް ވަގުތުން ބޭރުނުކޮށް ފަރު ޖެއްސޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.