އެލް އާލްގެ ފުރަތަަަަމަ ޓެލްއަވީވް-އަބޫދާބީ ފްލައިޓް ހޯމަ ދުވަހު

އިސްރާއީލުގެ ގައުމީ އެއާލައިން އެލް އާލްއިން އިސްރާއީލާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު ކުރާ ފުރަތަަމަ ދަތުރު ހޯމަ ދުވަހު ބާއްވަން ޝެޑިއުލްކޮށްފިއެވެ.

ޓެލްއަވީވްގެ ބެންގޫރިއަން އިންޓަނޭޝަން އެއާޕޯޓާއި އަބޫދާބީ އިންޓަނޭޝަލް އެއާޕޯޓާއި ދެމެދު ކުރެވޭ ދަތުރު ހޯމަ ދުވަހު އޮންނަ އިރު، އަބޫދާބީން ޓެލްއަވީވަށް އެނބުރި ދާ ފްލައިޓް އޮންނާނީ އަންގާރަ ދުވަހުއެވެ.

އިސްރާއީލް އެއާޕޯޓްސް އޮތޯރިޓީގެ ވެބްސްއިޓުގައި އިއްޔެ ލިސްޓުކުރި ފްލައިޓުގެ ތަފްސީލުގައި ވާގޮތުން ޓެލްއަވީވުން އަބޫދާބީއަށް ދާނީ ފްލައިޓް ނަންބަރު އެލްވައި-971 އެވެ. 971 އަކީ ޔޫއެއީގެ އައިޑީޑީ ކޯޑެވެ. އަދި އަބޫދާބީން ޓެލްއަވީވަށްް އެނބުރި ދާނީ ފްލައިޓް ނަންބަރު އެލްވައި-972 އެވެ. 972 އަކީ އިސްރާއީލުގެ އައިޑީޑީ ކޯޑެވެ.

"އެލް އާލްއިން ފުރަަތަމަ ފަހަރަށް ސީދާ އަބޫދާބީއަށް ކުރާ ފުރަތަމަ ދަތުރުގައި އިސްރާއީލު ސަރުކާރުގެ ރަސްމީ ވަފުދެއް ބައިވެރިވާނެ." އެލް އާލް އެއާލައިނުގެ ތަރުޖަމާނު ބުންޏެވެ. މި ވަފުދުގައި ބޮޑުވަޒީރު ނަތަންޔާހޫގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މެެއިރް ބިން-ޝަބަތު، ފޮރިން އަދި ޑިފެންސް މިނިސްޓްރީއާއި ނޭޝަނަލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރުން ހިމެނެއެެވެ.

އިސްރާއިލު ސަރުކުރާގެ އިތުރަށް އެމެރިކާ ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއްވެސް މި ފްލައިޓުން އަބޫދާބީއަށް ދާނެއެވެ. މި ވަފުދުުގައި ރައީސު ޓްރަމްޕުގެ ސީިނިއަރ އެޑްވައިޒަރު ޖަރެޑް ކުޝްނާ، ނޭޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ރޮބަޓް އޯބްރަޔަން، މެދުއިރުމައްޗަށް ކަނޑައަޅުއްވާފައިވާ މަންދޫބު އަވީ ބެރްކޯވިޒް އަދި އީރާނު މައްސަލައާ ބެހޭ ޚާއްސަ ބަންދޫބު ބްރަޔަން ހުކް ހިމެނިވަޑައިގަންނަވައެވެ.

އެލް އާލް ފްލައިޓުން އަބޫދާބީއަށް ދާ އިސްރާއީލުގެ ވަފުދުން ވައިގެ ދަތުރުފަތުރާ، ފަތުރުވެރިކަމާ، ވިޔަފާރިއާ، ސިއްހަތާ، ހަަކަތައާއި ސަލާމަތީ ކަންކަމުގެ ދާއިރާއިން ދެ ގައުމުގެ ދެެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ މަޝްވަަރާތައް ކުރާނެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރިން ބުނެފައިވާ ގޮތުގައި އިސްރާއީލުން ދަނީ އިސްރާއީލުން ޔޫއޭއީއަށް ކުރާ ސީދާ ވައިގެ ދަތުރުތައް ސައޫދީ އަރަބިއްޔާ މަތިން ކުރަމުގެ ހުއްދަ ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް، ހޯމަ ދުވަހުގެ ފްލައިޓް ދާނީ ސައޫދީ އަރަބިއްޔާ މަތިންކަން އަދި ކަށަވަރުވެފައި ނުވެއެވެ.

އިސްރާއީލާއި ޔޫއޭއިން ފުރިހަމަ ގުޅުން ގާއިމުކުރަން ނިންމިކަން އޮގަސްޓު 13 ގައި އިއުލާންކުރުމުން މެދުއިރުމަތީގެ ބައެއް ގައުމުތަކުން އެކަމަށް މަރުހަބާކިޔަސް، ފަލަސްޠީނުން ބުނެފައި ވަނީ މި އެއްބަސްވުމަކީ "ބުރަކަށްޓަށް ވަޅިހެރުން" ފަދަ ކަމެއް ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.