
ޝާހް ރުކް ޚާންގެ އަގުބޮޑު ފިލްމް 'ޒީރޯ' ގެ ޓްރެއިލަރ ނެރެން އެއް ދުވަހަށް ވެފައިވަނިކޮށް ފިލްމުގެ އާ ޕޯސްޓަރެއް ނެރެފިއެވެ. ޒީރޯގެ ޓްރެއިލަރ ނެރޭނީ ޝާހް ރުކް ގެ އުފަން ދުވަހާ ދިމާކޮށް ނޮވެންބަރު މަހުގެ ދެވަނަ ދުވަހުއެވެ. ޒީރޯގައި ޝާހްރުކް ކުޅެނީ އިސްކޮޅުން ކުރު މީހެއްގެ ރޯލެވެ. ޝާހްރުކް ގެ އިތުރުން އަނުޝްކާ އާއި ކަޓްރީނާ ވެސް ފިލްމުގައި މުހިއްމު ރޯލުތަކެއް ކުޅެއެވެ. އަނުޝްކާ ކުޅެނީ ވީލްޗެއަރ ގައި އިންނަ މީހެއްގެ ރޯލެވެ. މީގެ ކުރީން ކެޓްރީނާ އާއި އަނުޝްކާގެ ލުކް ވަނީ ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ.
ޓްރެއިލަރ ނެރެން އެއް ދުވަހަށް ވެފައިވަނިކޮށް ޕޯސްޓަރު ސޯޝަލްމީޑިއާގައި ޝެއަރ ކުރީ އަނުޝްކާ އާއި ޝާހް ރުކް އެވެ. ޕޯސްޓަރ ޝެއަރ ކުރަމުން ޝަހްރުކް ބުނެފަިއވަނީ މުޅި ކައުނުންވެސް އޭނާ އާއި ގުޅޭ ހަމައެކަނި މީހަކީ އަނުޝްކާ ކަމަށެވެ. ފިލްމު ވިޔަފާރީގެ ތަޖުރިބާކާރަކު ބުނެފައިވަ ގޮތުގައި ޒީރޯގެ ޓްރެއިލަރ އަކީ މިއަހަރު ނުކުންނާނެ އެންމެ މޮޅު އެއް ޓްރެއިލަރެވެ.
ޝާހް ވަނީ ކަޓްރީނާގެ ޕޯސްޓަރުވެސް އާއްމުކޮށްފައެވެ.