
ކޯވިޑް-19 އަށް މިއަދު ޕޮޒިޓިވް ވީ 178 މީހުންނެވެ، މިއަދުވެސް ގިނައިން ބަލިޖެހިފައިވަނީ ދިވެހިްނަށެވެ. އެއީ 141 މީހުންނެވެ.
މިއަދު އިތުރަށް ޕޮޒިޓިވް ވެފައިވަނީ ބަނގްލަދޭޝްގެ 25 މީހަކާއި އިންޑިއާގެ 10 މީހަކާއި ސްޕެއިންގެ ދެ މީހުންނެވެ.
ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު މިހާރު 7225 އަށް އަރާފައިވާއިރު 4561 މިހަކު ބަލިން ރަނގަޅުވެފައިވެއެވެ. ބަލިން ފަސޭހަނުވެ 2636 މީހުން އެބަތިއްބެވެ. މިހާތަނަށް 28 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.
މިއަދު ބަލިޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި ހުރިހާ އެންމެންނަކީ ވެސް މާލެ ސަރަހައްދުން ބަލިޖެހުނު މީހުންނެވެ.