މަސްލަހަތު ފުށުއެރުމެއް ނެތްކަމަށް ނިމުމުން ސީއެސްސީގެ މެމްބަރުން ހޮވުމަށް ފޮނުވި ލިސްޓަށް ވޯޓަށް އެހުމަށް ނިންމައިފ

ސިވިލް ސަރވިސް ކޮމިޝަން(ސީއެސްސީ) އަށް އައްޔަން ކުރުމަށް މިނިވަން މުއައްސަސާ ކޮމިޓީން ފޮނުވި ނަންފުޅުތަކުގެ ތެރޭގައި ކޮމިޓީގެ މެމްބަރަކާ މަސްލަހަތު ފުށުއަރާބޭފުޅަކު ނުވާކަމަށް މަޖިލީހުގެ ސްލޫކާއި އިމްތިޔާޒު ކޮމެޓީން ނިންމުމުން އެ ރިޕޯޓްގައިވާ ނަން ފުޅުތަކަށް ވޯޓަށް އެއްސެވުމަށް މަޖިލީހުގެ ރައީސް ނިންމަވައިފިއެވެ.  

ސީއެސްސީއަށް ކުރިމަތިލެއްވި 41 ބޭފުޅުންގެ ތެރެއިން ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުއްވި 13 ބޭފުޅުންގެ ލިސްޓްގައި، އެކޮމެޓީގެ މެމްބަރެއްގެ މަސްލަޙަތު ފުށުއަރާ ބޭފުޅަކު ހިމެނިވަޑައިގަންވާކަމަށް ފާހަގަ ކުރެއްވިފައިވާކަމަށް ވިދާޅުވެ އެމައްސަލް މަޖިލީހުގެ ސްލޫކާއި އިމްތިޔާޒު ކޮމެޓީއަށް މަޖިލީހުގެ ރައީސް ފޮނުއްވީ އިއްޔެއެވެ. ނަމަވެސް އެފަދަ ބޭފުޅަކު ކޮމެޓީން ނިންމެވި ލިސްޓްގައި ނުވާ ކަމަށެވެ. ކޮމެޓީން ނިންމައިފައިވަނީ އެއްވެސް ކޮމެޓީއަކުން ކުރިއަށް ގެންދަވާ މައްސަލައަކާއި މެމްބަރަކާ މަސްލަޙަތު ފުށުއެރުމެއް އުޅޭނަމަ އެމެމްބަރަކު އެމައްސަލައެއް ކުރިއަށް ގެންދަވާ ބައްދަލުވުމަކުން ތަނާޒިލްވެ ވަޑައިގަންނަވަން ޖެހޭނެކަމަށެވެ.

ސީއެސްސީއަށް ހަތަރު މެމްބަރުން އައްޔަން ކުރުމަށް އެންމެ ފުރަތަމަ ކޮމެޓީން ރުހުން ދިނީ 15 ބޭފުޅަކަށެވެ. ނަމަވެސް ޝަރުތުރު ފުރިހަމަ ނުވާތީ ފަހުން ވަނީ ދެ ބެފުޅެއްގެ ނަން ލިސްޓުން އުނި ކުރައްވައިފައެވެ. ނަމަވެސް ކޮމެޓީން ފުރަތަމަ ރުހުން ދެއްވި 15 ބޭފުޅުންނަކީވެސް މަޤާމަށް ޤާބިލް ބޭފުޅުންކަމަށް ކޮމެޓީގެ މުޤައްރަރު ވަނީ ވިދާޅުވެފައެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.