ސީއެސްސީއަށް އައްޔަންކުރަން ފޮނުވި ލިސްޓްގައި މެމްބަރެއްގެ މަސްލަޙަތު ފުށުއަރާ ބޭފުޅެއް

މައްސަލަ ބެލުމަށް އިމްތިޔާޒު ކޮމެޓީއަށް

ސިވިލް ސަރވިސް ކޮމިޝަން(ސީއެސްސީ) އަށް އައްޔަން ކުރުމަށް މިނިވަން މުއައްސަސާ ކޮމިޓީން ފޮނުވި ނަންފުޅުތަކުގެ ތެރޭގައި ކޮމިޓީގެ މެމްބަރަކާ މަސްލަހަތު ފުށުއަރާބޭފުޅަކު ހިމެނޭކަމަށް ވިދާޅުވެ  އެ ރިޕޯޓް އަލުން ދިރާސާކުރުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމެޓީއަށް  މަޖިލީހުގެ ރައީސް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރިޔާސަތުން އިޢްލާން ކުރައްވާ ކަންކަ އިޢުލާން ކުރައްވަމުންމަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނު ބެއްލެވި ބެއްލެވުމުން ސީއެސްސީއަށް ކުރިމަތިލެއްވި 41 ބޭފުޅުންގެ ތެރެއިން ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުއްވި 13 ބޭފުޅުންގެ ލިސްޓްގައި، އެކޮމެޓީގެ މެމްބަރެއްގެ މަސްލަޙަތު ފުށުއަރާ ބޭފުޅަކު ހިމެނިވަޑައިގަންވާކަމަށް ފާހަގަ ކުރެއްވިފައިވާކަމަށެވެ. އެހެންކަމުން އެމައްސަލަ ބެއްލެވުމަށްފަހު ގޮތެއް ނިންމައި ރިޕޯރޓް މަޖިލީހުގެ ތަޅުމަށް ފޮނުވަން އެދިވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން 19 ވަނަ ރަށްޔިތުންގެ މަޖިލީހަށް ޢިތުބާރު ކުރައްވަނީ އަމިއްލަ މަސްލަޙަތަށް ނުބައްލަވައި ދެފުށްފެންނަ ގޮތަކަށް މަސައްކަތްކުރައްވާތީ ކަމަށެވެ. ނަވާރަވަނަ ރަށްޔިތުންގެ މަޖިލީހުގެ އެންމެ ބޮޑުއަމާޒަކީ ވެސް މަޤާމުތަކަށް ޤާބިލް ބޭފުޅުން ކަނޑައެޅުން ކަމަށެވެ. 19 ވަނަ މަޖިލީހުގެ އެންމެ ބޮޑު ވަޢުދަކީވެސް އެއީ ކަމަށް ވިދާޅުވިއެވެ.

ސީއެސްސީއަށް އައްޔަން ކުރުމަށް އެންމެ ފުރަތަމަ ރުހުން ދިނީ 15 ބޭފުޅަކަށެވެ. ނަމަވެސް ޝަރުތުރު ފުރިހަމަ ނުވާތީ ފަހުން ވަނީ ދެ ބެފުޅެއްގެ ނަން ލިސްޓުން އުނި ކުރައްވައިފައެވެ. ނަމަވެސް ކޮމެޓީން ފުރަތަމަ ރުހުން ދެއްވި 15 ބޭފުޅުންނަކީވެސް މަޤާމަށް ޤާބިލް ބޭފުޅުންކަމަށް ކޮމެޓީގެ މުޤައްރަރު ވަނީ ވިދާޅުވެފައެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.