ސީއެސްސީއަށް ހަތަރު މެމްބަރުން ހޮވަން 15 ބޭފުޅެއްގެ ނަން ތަޅުމަށް

ފޮޓޯ: ރައޔިތުންގެ މަޖިލިސް

 ސިވިލްސަރވިސް ކޮމިޝަން (ސިއެސްސީ) އިން ހުސްވެފައިވާ ހަތަރު މެންބަރުންގެ މަޤާމަށް ކުރިމަތިލައްވާފައިވާ 41 ބޭފުޅުންގެ ތެރެއިން 15 ނަންފުޅެއް ތަޅުމަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

މިކަން ހާމަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު ރޮޒައިނާ އާދަމް ކުރެއްވި  ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ފޮނުވުމައް ކޮމެޓީން ނިންމެވި 15 ބޭފުޅުންނަކީ ވެސް ވަރަށް ޤާބިލް ބޭފުޅުންކަމަށެވެ. އެއިން ކޮންމެ ބޭފުޅަކު ސީއެސްސީއަށް ހޮވިވަޑައިގަތަސް ރަނގަޅު ބަދަލުތަކެއް ފެންނާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

ކެންޑީޑޭޓުން ތަރުތީބުކުރެވިފައި ވަނީ މަޖިލީހަށް ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޚައިފައިވާ ތަރުތީބުންކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ސީއެސްސީއަށް ޢައްޔަން ކުރުމަށް ތަޅުމަށް ފޮނުވަން ފާސްކޮށްފައިވާ 15 ބޭފުޅުން:-

1- މަރިޔަމް މުނާ / މ. ބާރަނާގެ، ކ.މާލެ

2-  މުޙައްމަދު ޝަރީފް / ފުސަތުޅާގެ، ގދ.ތިނަދޫ

3- އިބްރާހިމް ރަޝީދު / ބްލެކް، ރ.މީދޫ

4- މުނާ މުޙައްމަދު / ހ ނޫރާނީފެހި، ކ.މާލެ

5- އަޖްވަދު ޢަލީ / ގ. ބްލޫ ވޭވް

6- މުޙައްމަދު ފަރުޞަތު / ހ.ޓޫހާރޓް

7- ޢާއިޝަތު ޝާހީން / މއ. ވިލާރޮދި

8- މުޙައްމަދު ނަޞީރު / މ.ފުންފިނި

9- ފާތުމަތު ޝަރީފް / މާކޯޅި، ގދ. ތިނަދޫ

10- އަޙްމަދު މޫސާ / ހ. އަމްސާވިލާ

11- ފާތުމަތު  ރިފާހަތު ރިފްޢަތު / ގ. ވެގާ2

12- މުޙައްމަދު ނާޞިހް / ގ. ފަލްކަންގެ

13- ރަޝީދާ ޢަލީ / ގ. ޖަނަވަރީމާގެ

14- ޝުހުދާ ރިޟްވާން / ފްލާވަރމީޑް، ސ.މީދު

15- މަރިޔަމް ޝެނީން / މއ. ފޮސީތިއާ  

ސިސީއެސްސީ އެކުލެވިގެން ފަސް މެމްބަރުންގެ މައްޗަށެވެ. މިހާރު އެކޮމިޝަންގައި ހުންނެވީ އެންމެ މެމްބަރެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.