އައްޑޫއިން އިތުރު ތިން މީހަކު ޕޮޒިޓިވް ވެއްޖެ

އައްޑޫއިން އިތުރު ތިން މީހަކު   ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު އަލަށް ޕޮޒިޓިވް ތިން މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. މިއަދު އައްޑޫން ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނޭ ދެދިވެހިންނަކީ ވެސް ފޭދޫ، ޢުމުރުން 27 އަހަރުގެ ފިރިހެނަކާއި ޢުމުރުން 27 އަހަރުގެ އަންހެނެކެވެ. ބިދޭސީމީހަކީ މަރަދޫގައި އުޅޭ ބަނގްލަދޭޝް މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާރު އައްޑޫގައި ބަލިޖެހިފައވާ މީހުންގެ ޢަދަދަކީ ފަހެކެވެ. އައްޑޫ ކަމާބެހޭ އޮފިޝަލަކު މަޢުލޫމާތު ދެއްވިގޮތުގައި އަލަށް ބަލި ޖެހުނު މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.

މިއަދު ވަނީ ބަލިން ރަނގަޅުވި ދެ މީހަކު ދޫކޮށް ލައިފައެވެ. އެންމެ ފުރަތަ އައްޑޫ ފެނުނު ޕޮޒިޓިވް ކޭހަކީ ފުލުހެކެވެ. މިމަހު އެކާވީސް ވަނަ ދުވަހު އޭނާ ވަނީ ބަލިން ރަނގަޅު ވެފައެވެ. އިއްޔެވެސް އާކޭހެއް އައްޑޫން ފެނުނެވެ. އިއްޔެ ފެނުނު ޕޮޒިޓިވް ކޭހަކީ ހިތަދޫ ޢުމުރުން 24 އަހަރުގެ ފިރިހެކެވެ.

މިހާރު ރާއްޖޭގެ 22 ރަށެއްގައި ބަލިޖެހިފައިވާ މީހުން އެބަ ތިއްބެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.