ފިޔަވަޅު އަޅަނީ ޖެއްސުންކުރާކަށް ނޫން: ޑރ. ޢަލީ ލަޠީފް

ކޯވިޑުން ރައްކާތެރިވުމަށް ފިޔަވަޅު އަޅަނީ ރައްޔިތުންނަށް އުނދަނގޫކުރާން ނުވަތަ ޖެއްސުންކުރާކަށް ނޫންކަމަށް ޑރ. ޢަލީ ލަޠީފު ވިދާޅުވެއްޖެއެވެ. ރޭގަނޑު 8އިން ފެށިގެން ފަތިހު ފަހަކާ ހަމައަށް ބޭރަށް ނުކުމެ އުޅުން މާނާކޮށްފައިވާތީ އެކަމާ ގުޅިގެން ގިނަބައެއްގެ ހިތްހަމަނުޖެހުން ހުރިކަން އެނގިވަޑައިގަންނަވާކަމަށް ޢަލީ ލަޠީފު ވިދާޅުވިއެވެ. ނަމަވެސް އެއީ ރައްޔިތުންނަށް ޖެއްސުންކުރާން އެޗްޕީއޭ އިން އެޅި ފިޔަވަޅެއް ނޫންކަން ފާހަގަކުރެއްވިއެވެ. ބަލި ކޮންޓްރޯލްކުރުމަށް ފިޔަވަޅު ހަރުދަނާ ކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިޔަވަޅު އަޅަނީ ހަމަތިބެފައި ނޫންކަމަށް ޢަލީ ލަޠީފު ވިދާޅުވިއެވއަދި ފިޔަވަޅު އަޅާއިރު ފަސްކަމަކަށް ބަލައި އަޅަނީ އެވަގުތަކަށް އެންމެ އެކަށޭނެ ފިޔަވަޅު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުން އިތުރުވުމާއި، ނިޔާވާ މީހުންގެ އަދަދު ދެގުނަވުމާއި، އެއްވެސް ކޭސްއަކާ ގުޅުމެއް ނެތި ޕޮޒިޓިވް ވާ މީހުން އިތުރުވުމާއި، ހޮސްޕިތޓަލުގައި ބައިތިއްބަންޖެހޭ މީހުން އިތުރުވާ މިންވަރަށް ބަލާފައިކަމަށް ޢަލީ ލަޠީފު ވިދާޅުވިއެވެ. މިކަންކަމަށް ބަލައި ކޮންމެ ހަފްތާއަކު ވެސް އެއަށް ސްކޯރއެއް ދެމުން އެ ސްކޯރ އިތުރުވާނަމަ ފިޔަވަޅު ހަރުކަށިކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެ ސްކޯރ އިތުރުވާނަމަ ފިޔަވަޅު ހަރުކަށިކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މިހާރު އުޅަނދުފަހަރު ދުއްވާ ވަގުތު ހަރުކަށިކޮށްފައިވީ ނަމަވެސް، ސްކޫލްތަކާއި، އޮފީހާއި، ބަންދުކުރަންޖެހިދާނެ ކަމަށް ޢަލީ ލަޠީފު ވިދާޅުވިއެވެ. މީގެ އިތުރަށް ބަލިފެތުރުން ނުހުއްޓުވޭނަމަ އަލުން ލޮކްޑައުން އަކަށް ދާންޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ގައުމުތައް ވެސް ދެވަނަ ފަހަރަށް ލޮކްޑައުންކުރި ކަމަށް އޭނަ ވިދާޅުވިއެވެ. އެގޮތަށް ލޮކްޑައުން ކުރުމުން އޭގެ ސަބަބުން ނިކުންނާނޭ އިގްތިސާދީ ތާށިކަން އެނގިވަޑައިގަންނަވާ ކަންވެސް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ރާއްޖެއަކީ ޓުއަރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް ގައުމަކަށްވެފައި، މިހައިތަނަށް ކުރި މަސައްކަތުން ވެސް އެކަށީގެންވާ ވަރުގެ ކާމިޔާބީ އެއް އެކަމުގައި ވެސް ލިބިފައިނުވާކަން ފާހަގަކުރެއްވިއެވެ. އަދި ބަލި ޖެހެ މީހުންގެ އަދަދު އިތުރވަމުންދާތީ ރާއްޖެއަންނަ ފަތުރުވެރިން މަދުކަންވެސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެޗްޕީއޭއިން އަންގާ އެންގުންތަކަށް ތަބާވެ އުސޫލުތަކަށް އަމަލުކުރުމަށް ޑރ. ޢަލީ ލަޠީފު އިލްތިމާސްކުރެއްވިއެވެ. އަދި ބަލި ކޮންޓްރޯލް ކުރެވޭނެ ގޮތަކީ އެއީކަމަށް ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.