ރައީސް ޔާމީންގެ ސަރުކާރުން މަޖިލީހަށް ވެއްދީ އެމްއެންޑީއެފް: ރައީސް ނަޝީދު

އެމްޑީޕީގެ ވާދަވެރި ޕާޓީ ތަކުން މި ސަރުކާރުގައި ވައްކަމުގެ ތުހުމަތު އެޅުވިނަމަވެސް އެއީ ހަގީގަތް އޮތް ގޮތް ނޫން ކަމަށް ސިފަ ކުރައްވައި ރައީސް ނަޝީދު ޓުވީޓެއް ކުރައްވައިފިއެވެ. އެ ޓުވީޓުގައި އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި  މި ސަރުކާރުގައި ވައްކަމުގެ ތުހުމަތުތައް ގިނަ ކަމަށް އިދިކޮޅުން ބުނަމުން ގެންދިޔަ ނަމަވެސް އެކަން ހުއްޓުވަން ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.  "ދިވެހި ރައްޔިތުންނަށް ސާފުވަނީ މި ސަރުކާރު އެ ގެންދަވަނީ އެމްޑީޕީ މެޖޯރިޓީ މަޖިލިސް އަށް ޖާގަދެއްވާ ކަންކަން ފާހަގަކޮށް އިސްލާހު ކުރައްވަމުންކަން." ނަޝީދު ޓުވީޓުގައި ލިޔުއްވައިފައެވެ. އަދި މިޔާ ޚިލާފަށް ރައީސް ޔާމީންގެ ސަރުކާރުން މަޖިލީހަށް ވެއްދީ އެމްއެންޑީއެފް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުގެ ހެލްތު މިނިސްޓްރީގައި ހިންގައިފައިވާ ކަމަށް ތުހުމުތަު ކުރެވޭ ކޮރަޕްޝަންގެ މައްސަލަޔާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ސަރުކާރަށް ފާޑު ކިޔުން ވަނީ ވަރަށް ބޮޑަށް ވަނީ އިތުރު ވެފައެވެ. އިދިކޮޅު ޕާޓީތަކުގެ އިސް ބޭބޭފުޅުން ދައްކަވާ ވާހަކަފުޅުތަކުގައި ވިދާޅުވަމުން ގެންދަވަނީ މި ސަރުކާރުން ދައުލަތުގެ ޚަޒާނާ ކައި ހުސްކޮށްފި ކަމުގައެވެ.

ރާއްޖޭގައި ހިންގައިފައިވާ އެންމެ ބޮޑު ޚިޔާނާތުގެ އަމަލު ހިންގައިފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރްސީގައެވެ. އެ މައްސަލައިގެ ޝަރީއަތް ކުރެވި ބައެއް މީސްމީހުންނަށް ވަނީ ހުކުމްވެސް ކޮށްފައެވެ. މި ސަރުކާރުގައި މިހައިތަނަށް ހިންގައިފައިވާ އެންމެ ބޮޑު ޚިޔާނާތެއް ކަމަށް ބެލެވެނީ ހެލްތު މިނިސްޓްޓްރީން ވެންޓިލޭޓަރު ގަންނާން ކުރި މުއާމަލާތުގެ ޚިޔާނާތެވެ. އެކަމަކު އެ މައްސަލަ އަދި އޮތީ ތުހުމަތެއްގެ ގޮތުގައެވެ. މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ. އަދި ޝަރީއަތަކާ ހަމައަކަށް ނުދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.