މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސިވިސާވިސް މުވައްޒަފުގެ މަސައްކަތުގެ ރޫހު ދިރުވުމަހުރި ގޮންޖެހުންތަކެއް ކަމަށް އެކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ.
ޢަލީ ޝަމީމު މިހެން ވިދާޅުވީ ވީޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ މާޔޫސްކަންމަތީގައި ތިބެގެން ކަމަށެވެ. އެމީހުންނަށް ދިމާވާ މައިގަނޑު އެއް މައްސަލައަކީ މުސާރަ ކުޑަވުމާއި، ހިތްވަރު ލިބޭކަހަލަ ކަންތައްތަކެއް އެމީހުންނަށް ނުކޮށްދެވުން ކަމަށެވެ. ޝުކުރުވެރިވެ ތައުރީފުގެ ބަހެއް ވެސް ލިބުމުގެ ބަދަކުގައި ގިނަފަހަރަށް ލިބެނީ ނަފުރަތުގެ ބަހެއް ނުވަތަ ފާޑުކިޔުމުގެ ބަހެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަންކަން މިހެންހުރި އިރުވެސް މާލޭސިޓީ ސަރަހައްދުގައި އެކޮމިޝަނުން ހެދި ދިރާސާއެއް ދައްކާ ގޮތުގައި ސިވިލްސާވިސް އިން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކާމެދު 65 ޕަސެންޓު މީހުން ހިތްހަމަޖެހޭ ކަމަށެވެ. އަދި 35 ޕަސެންޓު މީހުން ހިތްހަމަ ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކޮމިޝަނުން މަސައްކަތްކުރާ އެ ޚިދުމަތްތަކަށް ހިތްހަމަޖެހޭ ޕަސެންޓޭޖު 95 ޕަސެންޓަށް ވުރެ މަތިކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރުމަށް ވެސް ހުރީ ގޮންޖެހުންތަކެއް ކަމަށް ޢަލީ ޝަމީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ނުވަދިހައިން މައްޗަށް ހިތްހަމަޖެހޭ ރޭޓު މައްޗަށް ޖައްސަން. އެކަމަށްބަލާއިރު ވަރަށްގިނަ ގޮންޖެހުންތަކާއި ދަތިތައް އެބަހުރި. ބޮޑު މަންޒަރަށް ބަލާއިރު ހައްލުކުރަންޖެހޭ މާހައުލުގައި ނުވަތަ ވެށީގައިވާ ކަންތައްތަކެއް އެބަހުރި،" އޭނާވިދާޅުވިއެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ ފަސް މެމްބަރުންނާއި، އެތަނުގައި މަސައްކަތްކުރާ 65 މެމްބަރުންނަށް ފުރިހަމަ ނުކޮށްދެވޭ ކިތަންމެ މައްސަލަތައް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ކެނޑިނޭޅި އެތަނުން މަސައްކަތް ކުރަމުން ގެންދަވަނީ ސިވިލްސާވިސްގެ މަސައްކަތްތައް ހަލުވިކޮށް ކުރިއެރުވޭތޯ ބެލުން ކަމަށް ވެސް ޢަލީ ޝަމީން ވިދާޅުވިއެވެ. އެކަމަށް ވެސް ހުރީ ގޮމްޖެހުންތައް ކަމަށާއި އެކަންކަން ޙައްލު ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކާއި މުއައްސަސާތަކާ ވެސް މަޝަވަރާ ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.