ކޮވިޑާ ގުޅޭ ދެ އޮޑިޓް ރިޕޯޓުން ފާހަގަވި މައްސަލަތައް ތަޙްޤީޤުކުރަން ރައީސް އަންގަވައިފި

ފޮޓޯ: ރައީސް އޮފިސްް

ކޮވިޑާ ގުޅޭ ދެ އޮޑިޓް ރިޕޯރޓުން ފާހަގަވި މައްސަލަތައް ތަޙްޤީޤުކުރަން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ތަޙްޤީޤި ދެއިދާރާއަކަށް އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙީމް ހޫދު ވިދާޅުވީ ކޮވިޑާ ގުޅޭ ދެ އޮޑިޓް ރިޕޯރޓްގެ ތެރެއިން ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯރޓުން ފާހަގަވާ ކަންކަން ތަޙްޤީޤު ކުރުމަށް ރައީސް ޞާލިޙް އެދި ވަޑައިގެންފައިވަނީ ފުލުހުންގެ އިދާރާއާއި އާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިވަޑައިގެން ކަމަށެވެ. ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯރޓުގައިވަރަށް ބޮޑެތި އޮޅުވައިލުމާއި މަކަރާއި ހީލަތުގެ މައްސަލަތައް ވަނީ ފާހަގަ ކުރައްވައިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ފާހަގަވި މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންދެވުމަށް ރައީސް އެދިވަޑައިގެންނެވީ  އޭސީސީން އެކަނިކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

މި އޮޑިޓް ރިޕޯރޓާ ގުޅީގެން ރައްޔިތުންގެ މަޖިލީހަށް ވެސް މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހެޅި ބަހުސް ކުރައްވައިފައެވެ. އެ ބަހުސްގައި ބައެއް މެމްބަރުން ވަނީ ތަޙްޤީޤު ނިމެންދެން، ނުފޯޒު ފޯރުވޭ މަޤާމުގައި ހުރި މީހަކު ނަމަ މަޤާމުން ދުރުކުރުމަށް ވެސް ގޮވާލައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.