އަމިއްލަ އަށް ގެދޮރުވެރި ނުވެވޭނެ 3137 އާއިލާއެއް މާލެއަށް ހިޖުރަކޮށް ދިރުއުޅެމުންދޭ: ހައުސިންމިނިސްޓަރ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަމިއްލަ އަށް ގެދޮރުވެރި ނުވެވޭނެ 3137 އާއިލާއެއް މާލެއަށް ހިޖުރަކޮށް ދިރުއުޅެމުންދާކަމަށް ހައުސިންމިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓަރ މާލޭގެ ރައްޔިތުންގެ ގެދޮރުވެރިކަމާ ގުޅެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި  ޕަރެޒެންޓޭޝަންގައި ވިދާޅުވީ މާލެއަށް ހިޖުރަކޮށްދިރިއުޅެމުންދާ މީހުންގެ ތެރޭގައި އެމީހުންގެ މާލީގޮތުން  ގޮދޮރުވެރިކަން ނުހޯދޭ މީހުންނަކީ މިހާރު ކައުންސިލް ހައުސިންގެ ކެޓަގަރީގައި ހިމެނޭ ބައެއް ނޫންކަމަށެވެ. ކައުންސިލް ހައުސިންގެ ކެޓަރީގައި ހިމެނެނީ މާލޭގައި ރަޖިސްޓްރީވެ މާލެއަށް ވޯޓްލާ މީހުންނެވެ. އެފަދަ 1336 އާއިލާއެއް މާލޭގައި އުޅެމުންދާކަމަށް ހައުސިން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ރަށްރަށުން އައިސް މާލެގައި ދިރިއުޅޭ މީހުން ކައުންސިލް ހައުސިންގެ ތެރެއަށް ވެއްދުމާ ގުޅޭ ގޮތުންގޮތެއް ނިންމަން ޖެހޭ ކަމަށް ހައުސިން މިނިސްޓަރ އަސްވިދާޅުވިއެވެ. އެމީހުންނަކީ ކޮންމެވެސް މަޖުބޫރީ ޙަލަތާކާ ގުޅިގެން މާލެއަށް ހިޖުރަކޮށް ދިރިއުޅެމުންދާ މީހުންކަމަށް ވާތީ އެމީހުންނަކީ ވެސް ބޯހިޔާވަހިކަން ލިބެންޖެހޭނެ މީހުންކަމަށް މިނިސްޓަރ އަސްލަމް ފާހަގަ ކުރެއްވިއެވެ.

މިއަދު ހައުސިން މިނިސްޓަރ މަޖިލީހަށް ހާމަކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ގެދޮރުވެރިކަން ބޭނުންވާ މީހުންގެ ތެރޭގައި އެކި ކެޓަގަރީންވެސް ގިނައީ މާލެއަށް ހިޖުރަކޮށްފައިވާ މީހުންނާއި އާއިލާތަކެވެ.

އެފޯޑަބަލް ހައުސިން ކެޓަގަރީން މާލޭގައި ދިރިއުޅޭ މާލެއަށް ވޯޓުލާ މީހުނަށް 2138 ހައުސިން ޔުނިޓެއް ބޭނުންވާއިއިރު މާލެއަށް ހިރަކޮށް ދިރިއުޅޭ މީހުންނަށް 2916 ހައުސިން ޔުނިޓް ބޭނުންވާކަން މިނިސްޓަރ އަސްލަމްގެ ޕްރެޒެންޓޭޝަންގައި ފާހަގަ ކުރެއްވިއެވެ. މެދުފަންތީގެ އާމްދަނީލިބޭ މީހުންގެ ތެރެއިން މާލޭގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް 2940 ހައުސިން ޔުނިޓް ބޭނުންވާއިރު މާލެއަށް ހިޖުރަކޮށް ދިރިއުޅޭ މީހުންގެ ތެރެއިން އެކަޓަގަރީގައި ހިމެނޭ މީހުންނަށް 4607 ހައުސިން ޔުނިޓް ބޭނުންވެއެވެ.

މިހާރު ހިނގަމުންދާ ބޯހިޔާވަހިކަމުގެ މަޝަރޫޢުތަކުގެ ތެރޭގައި ހިޔާ ފްލެޓްގެ 6720 ހައުސިންގް ޔުނިޓުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ  3848 ހައުސިންގ ޔުނިޓާއި ސީއެމްއީސީގެ 1344 ހައުސިންގް ޔުނިޓްގެ އިތުރުން އަމިއްލަ ފަރާތްތަކުން އަޅާ ނިމި އަދި އަޅަމުންދާ 2375 ހައުސިންގް ޔުނިޓުތައް ހިމެނެއެވެ. 

މިހާރު ކުރިއަށް ދާ މަޝްރޫޢުތަކުގެ ތެރޭގައި އެފޯޑަބަލް ހައުސިން ކެޓަގަރީއަށް ފެތޭ އެއް ވެސް ހައުސިން ޔުނިޓެއް ނެތްކަމަށް މިނިސްޓަރ އަސްލަމް ފާހަގަ ކުރެއްވިއެވެ. ހިޔާ މަޝްރޫޢުގެ ފަލެޓްތައް ވެސް ފެތެނީ ކައުންސިލް ހައުސިން ކެޓަގަރީއަށް ކަމަށް ވިދާޅުވިއެވެ. 

މިނިސްޓަރ އަސްލަމް މިއަދު ހާމަކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މާލޭގައި ރަޖިސްޓްރީވެގެން މާލޭގައި ދިރިއުޅޭ މީހޫންނަށް ވުރެ މާލޭގައި ދިރިއުޅޭ ރަށްރަށުން ހިޖުރަކޮށްފައިވާ މީހުންވެސް އާއިލާތައް ވެސް ގިނައެވެ. މާލޭގެ މިހާރުގެ އާބާދީއަކީ 252768 އެވެ. އޭގެތެރެއިން މާލޭގައި ރަޖިސްޓްރީވެ މާލެއަށް ވޯޓްލާ އާބާދީއަކީ 30 އިންސައްތައެވެ. 70 އިންސައްތަ އަކީ ރަށްރަށުން  ހިޖުރަކޮށްފައިވާ މީހުންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.