
މިއަދުގެ އިރު އޮއްސި ހަޔެއް ޖެހުމާ ހަމައަށް ކޯވިޑް-19 ޖެހުނީ 128 މީހަކަށެވެ. މިއަދު ބަަލި ޖެހުނު މީހުންގެ ތެރޭގައިވެސް ގިނައީ ދިވެހީންނެވެ. ޕޮޒިޓވް ވި 128 މީހުންގެ ތެރޭގައި ހިމެނެނީ 83 ދިވެއްސަކާއި، ބަނގްލަދޭޝްގެ 35 މީހަކާއި، އިންޑިއާގެ 4 މީހަކާއި، ނޭޕާލުގެ 2 މީހަކާއި އަދި ލަންކާގެ 4 މީހަކަށެވެ.
މާލެ ސަރަހައްދުން 127 މީހަކަށް ބަލިޖެހިފައިވާ އިރު އަތޮޅުތެރެއިން ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެކެވެ. ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 5494 މީހުންނެވެ. މިވަގުތު ބަލިެހިފައި 253 މީހަކު އެބަތިއްބެވެ، މީގެ ތެރެއިން 156 މީހަކަށް ފަރުވާ ދެމިުންގެންދަނީ ހޮސްޕިޓަލުގައެވެ.