
ރާއްޖެއިން ކޯވިޑް-19 އަށް އިއްޔެ ޕޮޒިތިޥްވީ އަދަދު ތަންކޮޅެއް މިއަދު ވުމަށް ފަހު މިއަދު އަނެއްކާވެސް 143 މީހުން ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރެއިން 87 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮޒިޓިވްވީ 40 ބަނގްލާދޭޝީންނާއި 10 އިންޑިއަނުންނާއި 3 ނޭޕާލީންނާއި 2 ސްރީލަންކަނުންނާއި މިސުރު މީހެކެވެ. މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އަތޮޅުތެރެއިން ޕޮޒިޓިވްވީ 3 މީހުންވެސް ހިމެނެއެވެ.
މި އަދަދުތަކާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދަކީ 5366 އެވެ. މީގެ ތެރެއިން 2884 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ. މި ވަގުތު ބަލީގައި ތިބީ 2461 މީހުންނެވެ. މީގެ ތެރޭގައި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި 1507 މީހުންނާއި ހަސްފަތާލުގައި ފަރުވާދޭ 140 މީހުން ހިމެނެއެވެ.
ކޯވިޑް-19 ގައި ރާއްޖެއިން މިހައިތަނަށް މަރުވެފައި ވަނީ 21 މީހުންނެވެ. އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މިއަދުއެވެ.