
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު މަޑުނުޖެހި އިތުރުވާން ފަށައިފިއެވެ. މިއަދު ޕޮޒިޓިވްވީ 116 މީހުންގެ ތެރެއިން 77 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮޒިޓިވްވީ 27 ބަނގްލާދޭޝީންނާއި6 ސްރީލަންކަނުންނާއި 5 އިންޑިއަނުންނާއި ނޭޕާލީއެކެވެ. މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރެއިން އަތޮޅުތަކުން ޕޮޒިޓިވްވީ އަދަދަކީ 5 އެވެ.
މި އަދަދުތަކާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދަކީ 5157 އެވެ. މީގެ ތެރެއިން 2835 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ. މި ވަގުތު ބަލީގައި ތިބީ 2303 މީހުންނެވެ. މީގެ ތެރޭގައި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި 1452 މީހުންނާއި ހަސްފަތާލުގައި ފަރުވާދޭ 145 މީހުން ހިމެނެއެވެ.
ކޯވިޑް-19 ގައި ރާއްޖެއިން މިހައިތަނަށް މަރުވެފައި ވަނީ 19 މީހުންނެވެ.