
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު މަޑުނުޖެހި އިތުރުވާން ފަށައިފިއެވެ. މިއަދު ޕޮޒިޓިވްވީ 143 މީހުންގެ ތެރެއިން 107 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮޒިޓިވްވީ 28 ބަނގްލާދޭޝީންނާއި 6 އިންޑިއަނުންނާއި 2 ނޭޕާލީންނެވެ. މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރެއިން އަތޮޅުތަކުން ޕޮޒިޓިވްވީ އަދަދަކީ 3 އެވެ.
މި އަދަދުތަކާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދަކީ 5041 އެވެ. މީގެ ތެރެއިން 2804 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ. މި ވަގުތު ބަލީގައި ތިބީ 2218 މީހުންނެވެ. މީގެ ތެރޭގައި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި 1478 މީހުންނާއި ހަސްފަތާލުގައި ފަރުވާދޭ 140 މީހުން ހިމެނެއެވެ.
ކޯވިޑް-19 ގައި ރާއްޖެއިން މިހައިތަނަށް މަރުވެފައި ވަނީ 19 މީހުންނެވެ.