ވަޒީފާއެއް ނެތް އަންހެން ކުރިކެޓު ކުޅުންތެރިންނަށް 25000ރ ދޭން ޕާކިސްތާނުން ނިންމައިފި

ވަޒީފާއެއް ނެތް އަންހެން ކުރިކެޓު ކުޅުންތެރިންނަށް މަހަކު 25 ހާސް ރުފިޔާ ދޭން ޕާކިސްތާން ކުރިކެޓު ކޮންޓްރޯލް ބޯޑުން (ޕީސީބީ) ނިންމައިފިއެވެ.

ތިންމަސް ދުވަހުގެ އިނާޔަތެއް ދޭން ބޯޑުން ކަނޑައެޅި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ  20-2019 ގައި ކުރިކެޓު މުބާރާތްތަކުގައި ކުޅުނު ކުޅުންތެރިންނާއި 21-2020 ގައި ކުރިކެޓު ކުޅުމުގެ އެއްބަސްވުމެއް ނުލިބި ތިބި ކުޅުންތެރިންގެ ތެރެއިން ވަޒީފާއެއް އަދި މުސާރައެއް ލިބޭ އެއްބަސްވުމެއްގައި ނެތް ކުޅުންތެރިންނެވެ. 

ކުރިކެޓު ކޮންޓްރޯލް ބޯޑުން އަންހެން ކުރިކެޓު ކުޅުންތެރިންނަށް މާލީ އެހީތެރިކަމެއް ދޭން ނިންމީ ކޮރޯނާ ވައިރަހުގެ ސަބަބުން ޕާކިސްތާނުގެ އަންހެން ކުރިކެޓު ކުޅުންތެރިންގެ އަތްމަތި ދަތިވެ ވަރަށް ބޮޑަށް އެހީއަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ.

ޕާކިސްތާނު ކުރިކެޓު ކޮންޓްރޯލް ބޯޑުން މިހާރުވެސް 43 އަންހެން ކުޅުންތެރީންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އެބަ ގެންދެއެވެ.

ޕީސީބީގެ އަންހެނުންގެ ގޮފީގެ ރައީސާ ޢުރޫޖު މުމްތާޒު ވިދާޅުވިގޮތުގައި ކޮރޯނާ ވައިރަހުގެ ސަބަބުން މުޅި ދުނިޔޭގެ އަންހެނުންގެ ކުރިކެޓަށްވެސް ވަނީ ވަރަށް ނޭދެވޭ އަސަރެއްކޮށްފައެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަދަ ދަނޑިއަޅެއްގައި ކުޅުންތެރިންނަށް އެހީތެރިކަން ފޯރުކޮށް ނުދޭނަމަ އަންހެނުންގެ ކުރިކެޓު ކުރިއަކަށް ނުގެންދެވޭނެއެވެ.

ޕީސީބީން ޖޫން މަހުގައި ވެސް ކުރިކެޓު ކުޅުންތެރިންނަށާއި އޮފިޝަލުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.