
މިރެއިން ފެށިގެން ކޮންމެ ރެއަކު މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި ރޭގަނޑު 9:30 ގައި ވިޔަފާރި ބަންދުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުމުގައި ހެލްތު މިނިސްޓްރީގެ ސެކެޓްރީ ސާމިޔާ ވިދާޅުވި ގޮތުގައި 9:30ގައި ޓޭކްއަވޭ އާއި ވިޔަފާރިތައް ބަންދުކުރާ ގޮތަށް ނިންމާފައިވަނީ ދިހައެއް ޖެހުުމުގެ ކުރިން ގެއަށް ވަދެވޭނެ ގޮތް މަގުފަހުކުރުމަށް ކަމަށެވެ.. މިރެއިން ފެށިގެން ރޭގަނޑު ދިހައަކުން ފެށިގެން ފަތިހު ފަހަކާ ދެމެދު މަގުމަތީގައި އެއްވެސް ބަޔަކަށް ނޫޅެވޭނެއެެވެ.
ބަލިފެތުރޭ މިންވަރު އިތުރުވަމުންދާއިރު އުމުރނުް ދުވަސް ވީ މީހުން ހިމެނޭ ގޮތަށް ހައިރިސްކު މީހުންނަށް ބަލިޖެހޭ މިންވަރު އިތުރުވަމުންދާ ކަމަށް ވެސް ސާމިޔާ ވިދާޅުވިއެވެ. އަދި މިހާތަނަށް ބަލިޖެހިގެން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުން ކަން ސާމިޔާ ފާހަގަކުރެއްވިއެވެ.