އުރީދޫ މޯލްޑިވްސްގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން "އަތޮޅު ރަން"

އުރީދޫ މޯލްޑިވްސްއިން "އަތޮޅު ރަން" ގެ ނަމުގައި ވަރޗުއަލް ރަންއެއް މިއަދު އިއުލާނުކޮށްފިއެވެ. މިއަދު އިއުލާން ކުރެވުނު މި ރަން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، މިއީ ރާއްޖޭގައި މިގޮތަށް ބޭއްވޭ ފުރަތަމަ ވަރޗުއަލް ރަންވެސްމެއެވެ. 28 އޯގަސްޓް 2020 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ރަން އަކީ އުރީދޫ މޯލްޑިވްސް އިން ދިވެހިންނާއި އެކު ކާމިޔާބު 15 އަހަރު ފުރިހަމަކުރުމުގެ އުފަލުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހާއްސަ އިވެންޓެކެވެ.

"އަތޮޅު ރަންގެ މައިގަނޑު މަޤްސަދަކީ ކުޅިވަރު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދައްކައިދިނުން. މި ދަނޑިވަޅުގެ ގޮތުން އަޅުގަނޑުމެން މި ރަން ވަރޗުއަލް ރަންއެއްގޮތުގައި ރާވާފައި މިވަނީ ގައިދުރުކަމުގެ މުހިންމުކަމަށްވެސް ވަރަށް ބޮޑު އިސްކަމެއްދީގެން. އަތޮޅު ރަންއަކީ ފާއިތުވީ އަހަރުތަކުގައި އުރީދޫއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ރައްޔިތުން ޑިޖިޓަލްކޮށް ގުޅުވާލަދިނުމުގައި ކުރެވިފައިވާ މަސައްކަތުގެ ރަމްޒެއް. އެހެން އަހަރުތަކުގައި އަޅުގަނޑުމެން ބާއްވާ ފޯރިގަދަ ކަލަރ ރަން ބޭއްވުމަށް އުދަނގޫވެފައި ވީހިނދު، އަތޮޅު ރަން އަކީ ރާއްޖޭގެ އެކި ހިސާބުތަކުގެ ދުވުންތެރިންނާއެކު ކުރިއަށް ގެންދެވޭ ތަފާތު ރަންއެއްކަމުން އެންމެނަށްވެސް ކަމުދާނެ އިވެންޓެއްކަމުގައި އުއްމީދު ކުރަން." ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

މި ރަންގައި 20 އަތޮޅުން 20 ދުވުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަތޮޅު ރަން ކުރިއަށްދާއިރު މީސްމީޑިއާ މެދުވެރިކޮށް ރަންގެ ލައިވް ފޮޓޯ އާއި ވީޑިއޯތައް ބެލުންތެރިންނަށް ފެނިގެންދާނެއެވެ. މި ދުވުން ވެގެންދާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތައް ދައްކުވައިދޭ ދުވުމަކަށެވެ.

އަތޮޅު ރަންގައި ބައިވެރިވާ ދުވުންތެރިންނަށް ހިތްވަރުދީ މި ރަން ގެ އުފަލުގައި އެޗް.ޕީ.އޭ ގެ ގައިދުރުކަން ބަހައްޓަންޖެހޭ މިންގަނޑުގެތެރެއިން ބައިވެރިވުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އުރީދޫ މޯލްޑިވްސްއިން ދައުވަތު އަރުވައެވެ.

އަތޮޅު ރަން އާއި ބެހޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ހަފްތާތަކުގައި އިއުލާނުކުރެވިގެންދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.