
ވާވު އަތޮޅުގައި ހަދާ ރިސޯޓެއްގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔަކު މަސައްކަތް ހުއްޓާލުމަށް ފަހު އިހުތިޖާޖު ކޮށްފިއެވެ. މި މައްސަލަ ހަމަޖެއްސުމުގެ ގޮތުން އެ ރަށުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވެއެވެ.
އެ ރަށުގައި ހިނގި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެކަމަކު މަސައްކަތްކުރާ މީހުންގެ ސުޕަވައިޒަރު ގެ ކޮޓަރިއަށް ގެއްލުންކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މައްސަލަ ހައްލު ކުރުމުގެ ގޮތުން އެމީހުންގެ ސްޕޮންސަރު އެމީހުންނާ ވާހަކަދައްކަމުން ގެންދާ ކަމަށް ޚަބަރު ލިބެއެވެ.
މި ފަހަކަށް އައިސް މުސާރައާއި ކެއުމާއި ބައެއް އެހެން މައްސަލަތަކުގައި ބިދޭސީން މުޒާހަރާ ކުރުމާއި އިހުތިޖާޖު ކުރުން ރާއްޖޭގައި ދަނީ ފެތުރެމުންނެވެ.
މި ވެސް ދެން ޤައުމީ ކުޅިވަރަކަށް ހަދައިފި އަސްލު ދެން މި ބޮޑުވަރު މިހާރު މި ސަރުކަރައް ވޮޓު ދެވުން މޮޔަ ?