
100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ލ.މާމެންދުއަށް ތައާރަފްކޮށްފިއެވެ.
މި ޚިދުމަތް ތައާރަފު ކުރުމަށް ފަހު އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވި ގޮތުގައި އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތާއި އެކު މާމެންދޫ ރައްޔިތުންނަށް އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް ފުރުސަތުތައް ހުޅުވިގެންދާނެކަމީ އޭނާއަށާއި އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. "މިއަދު އަޅުގަނޑުމެން މިވަނީ 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް މާމެންދޫ ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދީފަ. އަޅުގަނޑުމެން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ދިވެހިންގެ ދިރިއުޅުން އިތުރަށް ފަހިކޮށް އިތުރު ކުރިއެރުން ހޯދާދިނުން. އެގޮތުން ކުރިޔަށް އޮތްތަނުގައިވެސް، ރާއްޖޭގެ މުޖުތަމައުތައް ކުރިއަރުވާ، ދިވެހިން އައު ފުރުސަތުތަކަށް ގުޅުވާލަދިނުމުގެ މަސައްކަތް ފަސްޖެހުމެއްނެތި ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އަރުވަން." ނަޖީބް ޚާން ވިދާޅުވިއެވެ.