
ބޮޑުފިނޮޅުގެ މައްސަލަ ރަނގަޅަށް ބެލުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ގޮވާލައްވައިފިއެވެ. ބޮޑުފިނޮޅުގެ ހަމަނުޖެހުމާ ގުޅިގެން މެންބަރު ރިޔާޒުކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ގިނަފަހަރަށް މަސައްކަތްތެރިން އިޖްތިޖާޖުކުރާނީ އެމީހުންގެ ހައްގުތަކަށް މަސައްކަތްކުރުވާ ފަރާތުން އިހްމާލުވެގެން" ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ނަމަވެސް ހައްގުތައް ހޯދުމަށް ގާނޫނީ އިމުން ބޭރުން އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ ވެސް ވަނީ އުޖޫރައިގެ މައްސަލަ ހިމެނޭގޮތުން މި މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމެއްގެ ފުރިހަމަ އަދި އިތުބާރު ހިފޭ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ގޮވާލައްވާފައެވެ.
ބޮޑުފިނޮޅުގެ ޙާދިސާއާއި އެ މައްސަލައާ ގުޅޭ ވަށައިގެންވާ އެންމެހައި ކަމެއް (އުޖޫރައިގެ މައްސަލަ ހިމެނޭގޮތުން) އިތުބާރުހިފޭ ފުރިހަމަ ތަޙްޤީޤެއް ހިންގުމަށް ގޮވާލަން.
— ???????? ????? (@Imthiyazfahmy) July 3, 2020
ފުލުހުން މިހާރުވަނީ ބޮޑުފިނޮޅުގައި ހިނގައި ދިޔަ ހަމަނުޖެހުން ކޮންޓްރޯލްކޮށް ރަހީނުކުރެވުނު މީހުން ސަލާމާތް ކޮށްފައެވެ.