މިއަދު ޕޮޒިޓިވްވި 22 މީހުންގެ ތެރެއިން 8 މީހުންނަކީ އާ ކްލަސްޓަރތަކަށް ނިސްބަތްވާ ބައެއް:  މަބްރޫކް

މިއަދު ޕޮޒިޓިވްވި  22 މީހުންގެ ތެރެއިން 8 މީހުންނަކީ އާ ކްލަސްޓަރތަކަށް ނިސްބަތްވާ ބައެއް ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް  ޢަބަދުލް ޢަޒީޒު ވިދާޅުވެއްޖެއެވެ. 

ކޮވިޑަށް ޕޮޒިޓިވްވީ 22 މީހުންގެ ތެރޭގައި ހިމެނެނީ ނުވަ ދިވެއްސަކާއި، ބަންގްލަދޭޝް ނުވަ މީހަކާއި، އިންޑިއާ މީހަކާއި، ނޭޕާލް ދެ މީހެއްގެ އިތުރުން، ތައިލެންޑް މީހެކެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި ބަލި ބޮޑުވެދާނެކަމަށް ބެލެވޭ ޢުމުރުން 84 އަހަރުގެ މީހެއްވެސް ހިމެނެއެވެ. އަދި އެމީހާއަކީ ދިގު މުއްދަތަށް ބޭސްކުރަމުންނަ ބަލިތަކެއްގައި އުޅޭ މީހެކެވެ. މިއަދު ބަލި ޖެހުނު މީހުންނާއެކު ރާއްޖެއން ބައްޔަށް ޕޮޒިޓިވް މީހުންގެ ޖުމްލަ އަދަދު ވަނީ 2035 އަށް ވަނީ އަރާފައެވެ. ބަލި ޖެހިފައިވާ މީހުންގެ ޢަދަދަކީ 714 އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 1311 އެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނީ 14 މީހަކަށެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އަށް މީހަކާއި ޓްރީޓޮޕްގައި ހަ މީހެކެވެ. ޓްރީޓޮޕްގައި ފަރުވާ ދެމުންދާ ހަ މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.