
އުރީދޫ ކަސްޓަމަރުންނަށް ހާއްސަ އެމް-ފައިސާ ކޭޝްބެކް އޮފަރއެއް އިއުލާންކޮށްފިއެވެ. މި އޮފަރގެ ދަށުން، އެމް.ފައިސާ މެދުވެރިކޮށް ކުރާ ކޮންމެ ޕްރީޕެއިޑް ރީޗާރޖްއަކާއެކު ރިޗާރޖްކުރި އަދަދުގެ %5 އަނބުރާ އެމް-ފައިސާ ވޮލެޓަށް ރައްދުކުރެވޭނެއެވެ. މީގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ޕޯސްޓްޕެއިޑް، ސުޕަރނެޓް އަދި ފަސޭހަބިލް ދެއްކީމާ ބިލުގެ %5 ވެސް އަނބުރާ ވޮލެޓަށް ޖަމާވާނެއެވެ. މި އޮފަރ އެކުންފުނިން ތައާރަފް ކޮށްފައިވަނީ، ފުރަބަންދު ލުއިވެގެންދިޔަކަމުގައިވިޔަސް، ރައްކާތެރިކަން އިޚްތިޔާރުކޮށް، ބިލް ދެއްކުން، ރީޗާރޖް ކުރުން ފަދަ ޑިޖިޓަލްކޮށް ފޯރުކޮށްދެވޭ ޚިދުމަތްތައް ޑިޖިޓަލްކޮށް ލިބިގަތުމަށް ބާރު އެޅުމުގެ ގޮތުންނެވެ.