
މީޑިޔާއަށް މައުލޫމާތު ދެއްވަން ރޭ މ. ކްނޫޒް ކައިރީގައި ހުންނަވަނިކޮށް ހައްޔަރު ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ސަމީރުގެ މައްޗަށް ފުލުހުން ފަސް ކަމެއްގައި ތުހުމަތު ކޮށްފިއެވެ.
މިއަދު މެންދުރު ފަހު ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންނަން ހަމަޖެހިފައިވާ ސަމީރުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު ތަކުގެ ތެރޭގައި ހިމެނެނީ ފުލުހެއްގެ ގައިގާ ޖެހުމާއި، ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސްއެޅުމާއި، އާންމު މަސްލަހަތު ނަގާލަން އުޅުނު ކަމުގެ ތުހުމަތެވެ.
ރޭ ސަމީރު ހައްޔަރުކުރިއިރު ފުލުހުން ވަނީ ކްނޫޒް ކައިރިން އިތުރު ބަޔަކުވެސް ހައްޔަރުކޮށްގެން ގެންގޮސްފައެވެ. ކްނޫޒަކީ ފަހަކަށް އައިސް އިދިކޮޅު ހަރަކާތްތަކުގެ މައި މަރުކަޒެވެ.