3 ސަރަހައްދަކުން އޮކްސިޖަން ސިލިންޑަރުތައް ރީފިލް ކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ

ކުޅުދުއްފުއްޓާއި އައްޑޫގެ އިތުރުން މާލޭގައި އޮކްސިޖަން ސިލިންޑަރުތައް ރީފިލްކުރެވެނެ ކެޕޭސިޓީ ޤާއިމްކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރަމުން އަންނަ ކަމަށް އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. ވިސްނުމަކީ ރާއްޖޭގެ އުތުރާއި ދެކުނުން އަދި މާލެއިން، މި ތިން ހިސާބުން އޮކްސިޖަން ސިލިންޑަރުތައް ރީފިލް ކުރެވުންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މިގޮތުން އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި އޮކްސިޖަން ޕްލާންޓްތައް އޮޕްރޭޝަނަލައިޒް ކުރެވި އޮކްސިޖަން ސިލިންޑަރުތައް ރީފިލް ކުރުމުގެ މަސައްކަތް ރާވައި ކުރިޔަށް ގެންދަމުންދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. 

އައްޑޫގައި އޮކްސިޖަން ޕަލާންޓެއް ހުރުމާއެކު މިހާރު މަސައްކަތް ކުރަމުންދަނީ އެ ޕްލާންޓަށް ބޭނުންވާ ބޫސްޓާއެށް ގެނައުމަށެވެ. މަބްރޫކް ވިދާޅުވީ ބޫސްޓާރ ވަނީ އޯޑރު ކުރެވިފައިކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ބޫސްޓާރ ރާއްޖެ ގެނެވޭނެކަމަށެވެ. ކުޅުދުއްފުށީގައި ކުރިޔަށް ދަނީ އޮކްސިޖަން ޕްލާންޓެށް ޤާއިމްކުރުމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލި ބޮޑުވާ ފަރާތްތަކަށް އޮކްސިޖަން ފޯރުކޮށްދޭން ޖެހެއެވެ. ސަރުކާރުން ދަނީ ރާއްޖޭގެ އޮކްސިޖަން ކެޕޭސިޓީ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ. މީގެ ކުރިންވެސް ސަރުކާރުން ވަނީ ސިންގަޕޫރުން 5035 ޖަމްބޯ އޮކްސިޖަން ސިލިންޑަރު ރާއްޖެ ގެނެސްފައެވެ. ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1773 ކަށް އަރާފައެވެ. މިހާތަނަށް މި ބަލިން ރަގަޅުވެފައިވަނީ 453 މީހެކެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.